
ބޯޑަރު ސެކިއުރިޓީ އާއި ބެހޭ އެއްބަސްވުމެއްގައި ސޮއިކުރެއްވުން
ބޯޑަރ ސެކިއުރިޓީ އާއި ބެހޭ އެއްބަސްވުމެއްގައި ސްރީލަންކާ އާއި ރާއްޖެ އާއި ދެމެދު ސޮއިކޮށްފި

އައިޝަތު ޝާނީ - 05 ފެބްރުއަރީ 2023 - 05:21
ބޯޑަރު ސެކިއުރިޓީ އާއި ބެހޭ އެއްބަސްވުމެއްގައި ސްރީލަންކާ އާއި ރާއްޖެ އާއި ދެމެދު ސޮއިކޮށްފި ބޯޑަރު ސެކިއުރިޓީއާ ގުޅޭ އެއްބަސްވުމެއްގައި ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު އޮތީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއި ލަންކާގެ ފޮރިން މިނިސްޓަރު، އަލީ ސްބަރީއާ ރަސްމީ ބައްދަލުކުރެއްވުމަކަށްފަހު ސްރީލަންކާގައެވެ.ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ އިމިގުރޭޝަން ކޮންޓުރޯލަރު، އަހުމަދު ހުސައިންއެވެ.
އެ އެއްބަސްވުމުގެ ދަށުން އިމިގުރޭޝަން ދާއިރާގެ ތަމްރީނުތައް ދެގައުމު ގުޅިގެން ކުރިއަށް ގެންދިއުމަށާއި އިންސާނީ ވަގު ވިޔަފާރި ހުއްޓުވުމާއި ބުލެކް ލިސްޓުގައި ހިމެނޭ މީހުންގެ މައްސަލަތަކުގައި ދެގައުމުން ވެސް އެއް ގައުމު އަނެއް ގައުމަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ސްރީލަންކާއަށް މިހާރު ވަޑައިގެން ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި، އެގައުމުގެ 75 ވަނަ މިނިވަން ދުވަހާ ގުޅިގެން އެގައުމުން ދެއްވި ހާއްސަ ދައުވަތަކަށްށެވެ. އެ މަނިކުފާނު ވިދާޅުވީ މިއެއްބަސްވުމުގެ ސަބަބުން ރާއްޖެ އާއި ސްރީލަންކާގެ ގުޅުން މިހާރަށް ވުރެ ވެސް ބޮޑަށް ބަދަހިވެ ހަރުދަނާ ވެގެންދާނެ ކަމަށެވެ.މި ދަތުރުފުޅުގައި އެމަނިކުފާނު އެގައުމުގެ ކުރީގެ ބޮޑުވަޒީރު، މަހިންދަ ރާޖަޕަކްސައާ ވެސް ބައްދަލު ކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ސްރީލަންކާ ވަނީ އިޤްތިސާދީ ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެހީ ހޯދަންވެސް ސްރީލަންކާ އިން ދަނީ މަސައްކަތްކުރަމުންނެވެ.އެގޮތުން އެ ގައުމުން މާލީ ޔަގީންކަން ހޯދުމަށް މަޝްވަރާ ކުރާ މައި ދެ ގައުމުކަމަށްވާ އިންޑިއާ އާއި ޗައިނާ އާއި އެކު އެއްބަސްވުމަކަށް އައުމުން ނޫނީ އެހީ ނުދެވޭނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ވަނީ ބުނެފައެވެ. ދިވެހިރާއްޖޭއިން ސްރީ ލަންކާގެ ދަނޑުވެރިކަމާއި ޓޫރިޒަމް ދާއިރާގައި އިންވެސްޓު ކުރުމަށްވެސް އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ ވަނީ މިދިޔަ ޑިސެމްބަރު މަހު އެދިވަޑައިގެންފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން