
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ސްވިޑަންގައި ކީރިތި ގުރުއާން އަންދާލުމުގެ ހުއްދަ ދިން މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ޔޫޝައު ހަސަން - 22 ޖެނުއަރީ 2023 - 13:07
ސްވިޑަންގެ ސަރުކާރުން އެ ގައުމުގައި ކީރިތި ގުރުއާން އަންދާލުމުގެ ހުއްދަ ދިން މައްސަލަ ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފި އެވެ.
ސްވިޑަންގެ ހަރުކަށި ފިކުރުގެ ސިޔާސީ ފަރާތްތަކުން އިއްޔެ ތުރުކީ އެމްބަސީ ކުރިމަތީގައި ބޭއްވި އިހުތިޖާޖަކީ ސަރުކާރުގެ ހުއްދައާއެކު ކުރިއަށް ގެންދިޔަ އިހުތިޖާޖެކެވެ.
ތުރުކީއާ ދެކޮޅަށް ކުރި މުޒާހަރާގައި ގުރުއާން އަންދާފައިވުމުން މުސްލިމު ގިނަ ގައުމުތަކުން އަންނަނީ އެކަން ކުށްވެރިކުރަމުންނެވެ. މިކަމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްވިޑެންގެ ހަރުކަށި ޕާޓީގެ ލީޑަރު ރަސްމުސް ޕަލުޑާން ގުރުއާން އަންދައި ހިންގި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
މި މައްސަލައިގައި މިނިސްޓަރ ޝާހިދު ޓްވީޓު ކުރައްވާފައިވަނީ މި މައްސަލައިގައި ދިވެހި ސަރުކާރުން އެއްޗެއް ބުނެފައިނުވާތީ ގިނަ ބަޔަކު ފާޑުކިޔަމުން އައި ދަނޑިވަޅެއްގަ އެވެ. އެ މައްސަލައިގައި މިއަދު ހެނދުނު އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ވެސް ވަނީ ބަޔާނެއްނެރެފަ އެވެ.
ސައުދީ އަރަބިއްޔާ، ޖޯޑަން އަދި ކުވޭތުން ވެސް ވަނީ ކީރިތި ޤުރުއާން އަންދަން ނިންމާފައި އޮތް އިހްތިޖާޖަށް ފުރުސަތު ދިނުމުން ނުރުހުން ފާޅުކޮށްފައެވެ. ސައުދީ އަރަބިއްޔާ އިން ބުނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް ނަމަވެސް އެހެން ދީންތަކަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށާއި، ހަރުކަށި ކަމާއި އަނިޔާވެރިކަމަށް ގޮވާލެވޭ ކޮންމެ އަމަލަކާއި އެގައުމުން ދެކޮޅު ހަދާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން