logo
އިންޑިޔާގެ ފޮރިން މިނިސްޓަރު  ޑރ. އެސް.ޖައިޝަންކަރަށް މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވުން

އިންޑިޔާގެ ފޮރިން މިނިސްޓަރު ޑރ. އެސް.ޖައިޝަންކަރަށް މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވުން

އިންޑިއާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި

profile

ޔޫޝައު ހަސަން - 18 ޖެނުއަރީ 2023 - 11:18

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް، އިންޑިޔާގެ ފޮރިން މިނިސްޓަރު ޑރ. އެސް.ޖައިޝަންކަރު ރާއްޖެ ވަޑައިގެންފިއެވެ. ސީދާ ނ. މާފަރު އިންޓަނޭޝަނަލް އެއަޕޯޓަށެވެ. މާފަރު އިންޓަނޭޝަނަލް އެއަޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ، މިނިސްޓަރު ޝާހިދެވެ. އަދި ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންނާއި، ނ. އަތޮޅުގެ ކައުންސިލް މެމްބަރުންނާއި، ނ. މާފަރު ކައުންސިލުވެސް އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެއަޕޯޓަށް ވަޑައިގެންފައި ވެއެވެ.

https://wamco.com.mv/

ޖައިޝަންކަރު އިންޑިއާއިން މިއަދު ރާއްޖެ ވަޑައިގަތީ ނ. މާފަރު އިންޓަނޭޝަނަލް އެއަޕޯޓަށެވެ. މާފަރު އިންޓަނޭޝަނަލް އެއަޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ، މިނިސްޓަރު ޝާހިދެވެ. އަދި ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންނާއި، ނ. އަތޮޅުގެ ކައުންސިލް މެމްބަރުންނާއި، ނ. މާފަރު ކައުންސިލުވެސް އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެއަޕޯޓަށް ވަޑައިގެންފައި ވެއެވެ.

މި ދަތުރުފުޅުގައި، މިރޭ އޮންނަ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިޔާތުގައި ޖައިޝަންކަރު ބައިވެރިވެވަޑައިގަތުމަސް ވަނީ ހަމަޖެހިފައެވެ. އަދި މި ރަސްމިޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ ހދ. އަތޮޅުގެ ހަތަރު ރަށަކަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިންގައި ކުރައްވަމުންދާ ދަތުރުފުޅެއްގައެވެ.

ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ރައީސް ސޯލިހްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، މިނިސްޓަރު ޝާހިދު އާއިއެކުވެސް މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމުގައި ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ. މި ބައްދަލުވުމުގައި އިންޑިއާ އަދި ރާއްޖެ އާއި ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ޖައި ޝަންކަރުގެ ދެ ދުވަހުގެ ރަސްމީ މި ދަތުރުފުޅު ނިންމަވާލައްވާ އަބުރާ ގައުމަށް ވަޑައިގަންނަވާނީ މާދަމާ އެވެ.

https://etukuri.mv/
https://www.aslu.com.mv