logo

4 ދާއިރާއަކުން އިންޑިޔާއިން ރާއްޖެއަށް އެހީވަނީ

profile

އަހުމަދު ޒަލީފު - 18 ޖެނުއަރީ 2023 - 15:47

އިންޑިޔާ-ރާއްޖެ އާއި ދެމެދު 4 އެއްބަސްވުމެއްގައި ވަނީ ސޮއިކުރެވިފައި

އިންޑިޔާ-ރާއްޖެ އާއި ދެމެދު 4 އެއްބަސްވުމެއްގައި ވަނީ ސޮއިކުރެވިފައި

އިންޑިއާ ރާއްޖެއާއެކު ހަތަރު އެއްބަސްވުމެއްގައި ސޮއި ކުރައްވައިފި އެވެ.

https://wamco.com.mv/

ދިވެހިރާއްޖެއަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.ސުބްރަމާނިއަމް ޖަޔަޝަންކަރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސޮއި ކުރެވުނީ އެމްއެންޑީއެފް އަށް ސީ އެމްބިއުލާންސެއް ދިނުމުގެ އެއްބަސްވުމަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ އިޖްތިމާޢީ ތަރައްޤީގެ މަޝްރޫޢުތަކަމަށް އެހީ ދިނުމުގެ އެއްބަސްވުމަކާއި ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސް އެއް ތަރައްޤީކުރުމުގެ އެއްބަސްވުމަކާއި އަދި ދިވެހިރާއްޖޭގެ ނެޝަނަލް ޔުނިވަރސިޓީއާއި އިންޑިއާގެ ކޮޗިން ޔުނިވަރސިޓީ އާއި ދެމެދު ވެވުނު ތަޢުލީމާއި ގުޅޭ އެއްބަސްވުމެކެވެ.

ޖަޔަޝަންކަރު ކުރި ޓްވީޓެއްގައި ވިދާޅުވީ މިއަދު މެންދުރު ފޮރީން މިނިސްޓަރ އަބްދުﷲ ޝާހިދު އާއިއެކުވަނީ މުހިންމު އަދި އުފެއްދުންތެރި މަޝްވަރާތަކެއް މަނަދޫގައި ކުރިއަށް ގެންދެވިފައި ކަމަށެވެ.

އެމްއެންޔޫއާއެކު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ހަޔާ އެޑިއުކޭޝަން، ދިރާސާ އަދި ސްޓޫޑެންޓް އެކްސްޗޭންޖް ޕްރޮގްރާމްތަކުގައި އިންޑިއާގެ އެހީ ލިބޭނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއި ގާތްގުޅުމެއް ބާއްވަމުންދާ އިންޑިއާގެ އެކްސްޓާރނަލް މިނިސްޓަރު ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާ މީ ހަތަރު ވަނަ ފަހަރެވެ.

ޖައިޝަންކަރުގެ ދަތުރުފުޅުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮންނާނީ އިންޑިއާގެ އެހީގައި ތަރައްޤީކުރުމަށް ނިއްމާފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫއު އިފްތިތާހުކުރުމެވެ. މި ރަސްމިއްޔާތު އޮންނާނީ މިރޭ ހދ. ހަނިމަދޫގައެވެ.

މިވަގުތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ އުތުރުގެ އަތޮޅުތަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅެއްގައެވެ. ރައީސް ސޯލިހު ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ތަރުޖަމާން މިއުވާން މުހައްމަދު ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ އެކްޓާރނަލް މިނިސްޓަރު ޖައިޝަންކަރު ރާއްޖެއަށް ވަޑައިގެންނެވީ ތިން ދުވަހުގެ މުއްދަތަކަށެވެ.

އެއްބަސްވުމުގައިވާ ގޮތުން އިންޑިއާ އިން ދޭ 100 މިލިއަން ރުފިޔާގެ އެހީ އިން ހަރަދު ކުރަންޖެހޭނީ ހައި އިމްޕެކްޓު ޕްރޮޖެކްޓުތަކަށް ނުވަތަ މުޖްތަމައަށް ފައިދާ ކުރާނެ ޕްރޮޖެކްޓުތަކަށެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay