logo
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް: އަސްލު ފޮޓޯ/ އަހުމަދު ޝުރާއު

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް: އަސްލު ފޮޓޯ/ އަހުމަދު ޝުރާއު

ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ރާއްޖެއިން ފަސްނުޖެހި އަބަދުވެސް އަޑުއުފުލާނެ - ފޮރިން މިނިސްޓްރި

profile

ޔޫޝައު ހަސަން - 08 ޖެނުއަރީ 2023 - 07:02

ފަލަސްތީނު ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް، ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށައި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑުއުފުލުމުގައި ރާއްޖެއިން އަބަދުވެސް ފަސްނުޖެހި ކުރިއަށްދާނެ ކަމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ބުނެފިއެވެ.

https://wamco.com.mv/

އެ މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރ، 2023 ޖެނުއަރީ 03 ވަނަ ދުވަހު އަލް އަޤްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ވަދެފައިވާތީ، މި ކަމަކީ ބައިނަލްއަޤްވާމީ އެއްބަސްވުންތަކާއި ޤާނޫނުތަކާއި އުޞޫލުތަކާ ޚިލާފުކަމެއްކަން ފާހަގަކޮށް، ނެރުނު ބަޔާނެއްގައެވެ. މި ޢަމަލުގެ ސަބަބުން މެދު އިރުމަތީގެ މަސްރަހު އިތުރަށް ހަލަބޮލިވެގެން ހިނގައިދާނެކަމަކަށް ވުމާއެކު، އެކަން ކުށްވެރިކޮށް، އޯގަނައިޒޭޝަން ފޮ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އިން އދ.ގައި ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެއިން ބައިވެރިވެ މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް އެ މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އޯ.އައި.ސީ.އިންނާއި އދ.ގެ ސަލާމަތީ މަޖިލީހުގެ ބައެއް މެންބަރުންގެ އިސްނެގުމުގެ މަތީން 2023 ޖެނުއަރީ 05 ވަނަ ދުވަހު ސަލާމަތީ މަޖިލީހުގެ އިމަރޖަންސީ ބައްދަލުވުމެއް ބޭއްވުމަށް ހަމަ ޖެހިފައިވާކަމަށައި، އޯ.އައި.ސީ.ގެ ސްޓޭޓްމަންޓެއް މި ބައްދަލުވުމުގައި ދިނުމަށް ހަމަޖެހެފައިވާކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. މީގެ އިތުރުން، ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު މެދުއިރުމަތީގެ ހާލަތާ ބެހޭގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ޑިބޭޓުގައި ރާއްޖެއިން ބައިވެރިވާނެކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.


ަ

https://wamco.com.mv/
https://eportal.mwsc.com.mv/e-pay