logo
މިއަދު ފެށި ފޮސިމް އައުޓްރީޗް ޕްރޮގްރާމްގައި މިނިސްޓަރ ޝާހިދު  ވާހަކަ ދައްކަވަނީ

މިއަދު ފެށި ފޮސިމް އައުޓްރީޗް ޕްރޮގްރާމްގައި މިނިސްޓަރ ޝާހިދު ވާހަކަ ދައްކަވަނީ

އެއްވެސް ދުޝްމަނެއް ނެތް، ހައްތަހާވެސް ތިބީ ރައްޓެހިން - ފޮރިން މިނިސްޓަރ

profile

ޔޫޝައު ހަސަން - 15 ފެބްރުއަރީ 2023 - 17:09

ދިވެހިރާއްޖޭގެ އެއްވެސް ދުޝަމަނެއް ނެތްކަމަށައި، ހުރިހާ ގައުމުތަކަކީވެސް ރާއްޖޭގެ ރައްޓެހިންކަމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މިނިސްޓަރ ޝާހިދު މިފަދައިން ވިދާޅުވި ފޮރިން މިނިސްޓްރީން އިސްނަގައިގެން ކިޔަވާ ދަރިވަރުންނަށާއި ޔުނިވާސިޓީތަކުގެ ދަރިވަރުންނަށް އަދި ސަރުކާރު ވުޒާރާތަކަށް އަމާޒުކޮށްގެން ހާރިޖީ ސިޔާސަތާއި އެ ސިޔާސަތުގެ ދަށުން ކުރެވެމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހިއްސާކުރުމަށްޓަކައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގައި މިއަދު ފެށި ފޮސިމް އައުޓްރީޗް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ގެ ވާހަކަ ފުޅުގައި އިތުރަށް ވިދާޅުވި ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އަސާސަކީ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުންކަމަށާއި އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށްވުމުން މި ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައިކަމަށެވެ.

އަދި މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތުގައި އިސްކުރާނީ ރާއްޖޭގެ އެންމެ މަތީ މަސަލަހަތު ކަމަށާއިރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކުރާނީ އިންސާނީ ހައްގުތަކާއި، ޑިމޮކްރަސީއާއި، ކްލައިމެޓް ޗޭންޖް ޑިޕްލޮމެސީގެ މައްޗަށްކަމަށެވެ.

އަދި ހަމައެއާއެކު އިންޑިއާއާއި އަވަށްޓެރި ގައުމުތަކާއެކު އޮތް ގުޅުން ބަދަހިކޮށް އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމުގައި ދިވެހީންގެ ދައުރު ފުރިހަމައަށް އަދާކުރާނެކަމުގެ ފުރިހަމަ ޔަގިންކަން މިނިސްޓަރ ޝާހިދުގެ ވާހަކަ ފުޅުގައި ވަނީ ދެއްވާފައެވެ. ހަމަ އެއާއެކު ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިވާ އަދި އެކުވެރިކަމުގެ ގުޅުން ބަދަހިކުރަން ބޭނުންވާ ޤައުމުތަކާއެކު ގުޅުން ބަދަހިކުރާނެ ކަމުގައިވެސް މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަ ފުޅުގައި ވަނި ދިވެހި ރާއްޖެއަށް ހާރިޖީ ގޮތުން ހާސިލު ކުރެވިފައިވަ ކާމިޔާބީތަކުގެ މައްޗަށްވެސް އަލި އަޅުވާލައިފައެވެ. އެގޮތުން އދ.ގެ މެމްބަރު ޤައުމުތަކުގެ 94 އިންސައްތަ ޤައުމުތަކާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވާކަމަށާއި 17 ޤައުމެއްގައި ދިވެހިރާއްޖޭގެ އެމްބަސީ ނުވަތަ މިޝަން ހުރި ކަމާއި އަދި 2 ކޮންސިއުލޭޓް ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އ.ދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ ހޮވިގެން ދިއުމަކީ ބައިނަލް އަގްވާމީ މައިދާނުގައި ރާއްޖެއަށް މިހާތަނަށް ލިބިފައި ވާ ބޮޑު ކާމިޔާބީއެކެވެ. މި ކާމިޔާބީއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތުގެ ހަރުދަނާކަމާއި ދިވެހި ހާރިޖިއްޔާގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތުގެ ފޮނި ނަތީޖާ،" ޝާހިދު ވިދާޅުވިއެވެ.

އަދި މީގެ އިތުރުންވެސް 25 ޤައުމަކަށް ނޮން ރެޒިޑަންޓް ސަފީރުންގެ ގޮތުގައި ސަފީރުން ޢައްޔަން ކުރެވިފައިވުމާއި 237 ބައިނަލްއަޤްވާމީ އެއްބަސްވުން ހެދިފައިވާކަމަށައި ކޮންވެންޝަން އަދި ޓްރީޓީގައި ބައިވެރިވެފައިވުމުގެ ކާމިޔާބީ ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި ވޭދުވެދިޔަ 57 އަހަރު ދިވެހިރާއްޖެއިން ހޯދާފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ ދުނިޔޭގެ ބޮޑެތި ގައުމުތަކާ އަރާ އެއްހަމައެއްގައި، ބަސްބުނާ ބަސްވިކޭ، އަދި އެ ގައުމުތަކުގެ އިހްތިރާމް ލިބިފައިވާ ގައުމެއްކަމުގައި ރާއްޖެ ވުންކަމުގައެވެ.

https://etukuri.mv/
https://www.aslu.com.mv