logo
ޗެލްސީ އާއި ބާންލީ ވާދަކުރި މެޗުގެ ތެރެއިން...

ޗެލްސީ އާއި ބާންލީ ވާދަކުރި މެޗުގެ ތެރެއިން...

ރަށުން ބޭރުގައި ބާންލީ ބަލިކޮށް, ވަގުތީގޮތުން ޗެލްސީ ދެވަނައަށް

profile

ހަސަން ޝަމްއޫން - 22 ނޮވެމްބަރު 2025 - 15:21

އިނގިރޭސި ޕްރެމިއާ ލީގުގައި މިއަދު ހަވީރު ރަށުން ބޭރުގައި ބާންލީ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެލްސީ އިން ވަގުތީގޮތުން ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

https://wamco.com.mv/

ލީގުގައި ޗެލްސީ އިން އެންމެ ފަހުން ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން ވުލްވްސް އަތުން މޮޅުވެފައިވާއިރު، ލީގުގައި ބާންލީ އިން އެންމެ ފަހުން ކުޅުނު މެޗުގައި 3-2 ގެ ނަތީޖާއަކުން ވެސްޓްހަމް އަތުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވާނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ޗެލްސީ އިން ލީޑުހޯދީ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް ފޯވާޑް ޕެޑްރޯ ނެޓޯ އެވެ. އަދި އެޓީމުން ލީޑުފުޅާކުރި ލަނޑު ދެވަނަ ހާފުގެ 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 12 މެޗުން ޗެލްސީއަށް 23 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ބާންލީ އިން ލީގުގައި ކުޅުނު 12 މެޗުން ހޯދި 10 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 17 ވަނައިގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay