logo
ނާގަލްސްމަން

ނާގަލްސްމަން

ަޗެލްސީގެ ކޯޗުކަމަށް ނާގަލްސްމަން ގެންނަން މަސައްކަތް ކުރަނީ

profile

އަހުމަދު ލައްމާހު އަޒީޒު - 03 އޭޕްރީލު 2023 - 10:29

ޗެލްސީގެ ކޯޗުަކަމަުން ރޭގެ ވަގުތެއެްގައި ގްރަަަހަމް ޕޮޓާ ވަކިކުރުމާއެކު އެކްލަބުގެ އާ ކޯޗުކަމަށް ނާގަލްސްމަން ގެންނަން ޗެލްސީގެ މެނޭޖްމެންޓުން ފަށައިފިކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

https://wamco.com.mv/

ގްރަހަމް ޕޮޓާއާ ޗެލްސީގެ ކޯޗުކަން ހަވާލުކޮށްފައިވަނީ، މީގެ 7 މަސް ދުވަސްކުރިން އެ މަގާމުގައި ހުރި ޓޗެލް ވަކިކުރުމަށްފަހުގައެވެ. އެގޮތުން ޕޮޓާ ވަކިކޮށްފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ޗެލްސީ 2-0 އިން އެސްޓަން ވިލާ އަތުން ބަލިވި މެޗަށް ފަހުގައި އެވެ. އެގޮތުން މި ސީޒަނުގައި ޗެލްސީ އޮތީ ކުޅުނު 28 މެޗުން 38 ޕޮއިންްޓާއެކު ތާވަލުގެ އެގާރަ ވަނާއިގައެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޗެލްސީގެ ކޯޗުކަމުގެ މަގާމާށް ނާގަލްސްމަން ގެންނަން މެނޭޖްމަންޓުން ވަނީ މިހާރު މަސައްކަތް ފަށާފައެވެ. ޗެލްސީން ފާރަލަމުން އަންނަ އެއް ކޯޗަކީ ކުރިން ޕީއެސްޖީ އަދި ޓޮޓެންހަމް އަށް ވެސް ކޯޗުކޮށް ދިން މައުރީސިއޯ ޕޮޗެޓީނޯއެވެ.

ޖެނުއަރީ މަހު ޓްރާންސްފާގައި އެކަނިވެސް ޗެލްސީން ވަނީ 289 މިލިއަން ޕައުންޑް ޚަރަދުކޮށްފައެވެ. އަދި އާޖެންޓީނާގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒްގެ އިތުރުން ޝަޚްތަރު ޑޮނެސްކްގެ ޔޫކްރެއިން ފޯވާޑް މައިކައިލޯ މުދްރިކް މި ދެކުޅުންތެރިންނަށް އިނގިރޭސި ވިލާތުގެ ރެކޯޑް 196 މިލިއަން ޕައުންޑް އެ ކްލަބުން ވަނީ ހޭދަކޮށްފައެވެ.


https://etukuri.mv/
https://eportal.mwsc.com.mv/e-pay