
ޗެލްސީގެ ކޯޗުކަމުން ޕޮޓާ ވަކިކޮށްފި

އަހުމަދު ލައްމާހު އަޒީޒު - 02 އޭޕްރީލު 2023 - 21:02
ހޮނިހިރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އަތުން 2-0 އިން ބަލިވި މެޗަށް ފަހު ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ ކޯޗުކަމުން ވަކިކޮށްފި އެވެ.
މިއީ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު ސްޓެމްފޯޑް ބްރިޖުގައި ތޯމަސް ޓުޗެލްގެ ބަދަލުގައި ކުޅުނު 31 މެޗުން ބަލިވި 11 ވަނަ މެޗެވެ.
ރޭގެ މެޗާއެކު އިނގިރޭސި ޕްރިމިއާ ލީގުގެ 11 ވަނައަށް ޗެލްސީ ވެއްޓުނުއިރު، ޗެލްސީ ވަނީ މި ސީޒަނުގައި އާ ކުޅުންތެރިންނަށް 550 މިލިއަންޕައުންޑަށްވުރެ ބޮޑު ހޭދައެއް ކޮށްފައެވެ.
ކްލަބުގެ ވެރިން ބުނެފައިވާ ގޮތުގައި ޕޮޓާ މަގާމުން ވަކިކުރަންޖެހުމުންވެސް ދެރަވާ ކަމަށެވެ. އެގޮތުން ޕޮޓާ ކްލަބްގެ މަގާމުން ދުރުކުރުމާ ގުޅިގެން ވަގުތީކޯޗެއްގެ ގޮތުގައި ބްރޫނޯ ސަލްޓާ ޓީމާ ހަވާލުވާނެއެވެ.
ޗެލްސީގެ އޯނަރުން ކަމަށްވާ ޓޮޑް ބޮހެލީ އާއި ބެހްދާދު އެގްބާލީ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޯޗެއްގެ ގޮތުގައި ކްލަބަށް ކޮށްދިން މަސައްކަތްތަކަށްއިހުތިރާމެއް ކުރާ ކަމަށެވެ.
އޭނާ އަކީ އަބަދުވެސް ޕްރޮފެޝަނަލްކޮށް، މުޅި ޓީމާއެކު މަސައްކަތް ކުރަން ދަންނަ މީހެއް ކަމަށާއި ނަމަވެސް ނެރެމުން އަންނަ ނަތީޖާއާ މެދު އެންމެންވެސް ތިބީ މާޔޫސްވެފައި ކަމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހު ލިވަޕޫލް އާ ދެކޮޅަށް ޗެލްސީ ނުކުންނައިރު، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އަންނައޭޕްރީލް މަހުގެ 12 ވަނަ ދުވަހު ޗެލްސީ ނުކުންނާނީ ރެއާލް މެޑްރިޑާ ދެކޮޅަށެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަނުގައި މިހާތަނައް މެނޭޖަރަކު ވަކިކޮށްފައިވާއިރު، ލެސްޓާ އިން ވަނީ މިދިޔަ އާދިއްތަ ދުވަހު ބްރެންޑަން ރޮޖާސްމަގާމުން ވަކިކޮށްފަ އެވެ.
ޗެލްސީގެ މެނޭޖަރުކަމުން ޕޮޓާ ވަކިކުރުމާއެކު ދެން އެ މަގާމާ ހަވާލު ވާނެކަމަށް ބެލެވެނީ ކުރީގެ ބަޔާން މިއުނިކްގެ ކޯޗު ޖޫލިއަން ނާގެލްސްމަންއެވެ.
ގުޅުން ހުރި ޙަބަރުތައް

ސަލާހު ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވެ، ބޯންމައުތު އަތުން ލިވަޕޫލް ބަލިވެއްޖެ
2 އަހަރު ކުރިން

އޮޒިލް ފުޓްބޯޅަ އިން ރިޓަޔާކޮށްފި
2 އަހަރު ކުރިން

އިނގިރޭސި ޕްރިމިއާ ލީގުގެ ހޯލް އޮފް ފޭމްގައި ސަރ އެލެކްސް ފާގަސަން އާއި އާސެން ވެންގާ ހިމަނައިފި
2 އަހަރު ކުރިން

ފަހަތުން އަރާ ސިޓީ އިން ލިވަޕޫލް ބަލިކޮށްފި
2 އަހަރު ކުރިން