logo
ސުލްހައިގެ ބޯޑު

ސުލްހައިގެ ބޯޑު

ފަލަސްތީނުގެ މައްސަލަ ހައްލުކުރަން އެމެރިކާއިން ތައްޔާރުވެއްޖެ

profile

ރިޟްވާން މޫސާ - 19 ފެބްރުއަރީ 2026 - 15:50

ފަލަސްތީނުގައި ހިންގަމުންދާ ހަނގުރާމަ ހުއްޓުވައި ސުލްހަ ކުރުމަށް ކަމަށް ބުނެ އެމެރިކާއިން އިސްވެ އުފައްދާފައިވާ ޞުލްޙައިގެ ބޯޑުގެ ފުރަތަމަ ބައްދަލުވުން ބާއްވަން ތައްޔާރުވެއްޖެއެވެ.

https://wamco.com.mv/

ސުލްހައިގެ ބޯޑުގެ ފުރަތަމަ ބައްދަލުވުމުގައި 45 ގައުމަކުން ބައިވެރިވާނެކަމަށް ލަފާކުރެވެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް އިސްވެ އުފައްދާފައިވާ ސުލްހައިގެ ބޯޑަކީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ހުރި ބޮޑެތި މައްސަލަތަކާއި ހަނގުރާމަތަކަށް ސުލްހަ ހޯދުމަށް އުފައްދަވާފައިވާ ބޯޑެކެވެ.

މި ބޯޑުގައި ބައިވެރި ވުމަށް އެމެރިކާއިން ވަނީ މީގެ ކުރިން 60 ގައުމަކަށްދައުވަތުވެސް ދީފަ އެވެ. ނަމަވެސް ބައެއް ގައުމުތަކުން މި ކަމަށް މަރުހަބާ ކިޔާފައެއް ނުވެ އެވެ.

ބޯޑުގެ ފުރަތަމަ ބައްދަލުވުމުގައި ފަލަސްތީނުގެ މައްސަލަ ހައްލުކުރަން ހުށައަޅާފައިވާއިރު މި ބައްދަލުވުމުގެ ބައިވެރިވެރިންނާ މުޚާތަބު ކުރައްވާ ޓްރަމްޕް ވާހަކަ ދައްކަވާއިރު، ޣައްޒާ އަލުން ބިނާކުރަން ޤާއިމުކުރާ ފަންޑަށް ބޯޑުގައި ބައިވެރިވި ޤައުމުތަކުން ފަސް ބިލިއަން އެމެރިކާ ޑޮލަރު ހޯދިފައިވާކަމަށް އިޢުލާނުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ނަމަވެސް، އެ ބޯޑުން އަދާކުރާނެ ދަޢުރާމެދު ހުރި ގިނަ ސުވާލުތަކަށް އަދިވެސް ޖަވާބު ނުލިބޭކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. އޭގެތެރޭގައި، ޣައްޒާއަށް އިންސާނީ އެހީ ވެއްދުން އިތުރުކުރުމާއި، ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ހަތިޔާރު ބެހެއްޓުމާމެދު އުފެދިފައިވާ ސުވާލުތައް ހިމެނެއެވެ.

އެމެރިކާގެ ވޮޝިންގްޓަން ޕީސް އިންސްޓިޓިއުޓްގައި ބާއްވާ މި ބައްދަލުވުމުގައި ޣައްޒާގެ ސުލްޙަ ބަލަހައްޓަން އެކުލަވާލައި ބައިނަލްއަޤުވާމީ ފައުޖާ ގުޅޭ އިތުރު މަޢުލޫމާތުވެސް ޓްރަމްޕް އިޢުލާނުކުރައްވާނެކަމަށް ބެލެވެއެވެ. މިގޮތުން، މި ފައުޖުގައި އެކި ޤައުމުތަކުން އެތަކެއް ހާސް ސިފައިން ބައިވެރިކުރަން އެއްބަސްވެފައިވާކަމަށް ޓްރަމްޕް ހާމަކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk