
މާރުކޭޓު ސަރަހައްދު ކުރިމަތީގައިވާ ތޮށިގަނޑަށް ކައިރިކުރާ އުޅަނދުތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ދެނީ

ރިޟްވާން މޫސާ - 22 ފެބްރުއަރީ 2026 - 08:41
މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދު ކުރިމަތީގައިވާ ތޮށިގަނޑަށް ކައިރިކުރާ އުޅަނދުތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އެމްޕީއެލްއިން ފަށައިފިއެވެ.
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތަށް އެމްއެމްއޭ ސަރަަހައްދާއި ހުޅުމާލެ ޕެޓްރޯލް ޖެޓީއަށް ވަގުތީ ގޮތުން ބަދަލުކުރި މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުތައް އަލުން އެ ސަރަހައްދުގައި ބަނދަރުކުރަން މިހާރުވަނީ ފަށާފަ އެވެ.
ނޯތު ހާބަރުގެ އޭ ޒޯނު ނުވަތަ ބޮޑުތަކުރުފާނު މަގާވީ ފަރާތު ތޮށިގަނޑާ ދިމާލުން އަޅާފައިވާ އުޅަނދުތަކަށް މީގެ ކުރިން ފެނާއި ކަރަންޓެއް ނުލިބެއެވެ. ނަމަވެސް އެ ސަރަހައްދަށް ވެސް ފެނާއި ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
އެމްޕީއެލްއިން ވިދާޅުވީ ނޯތު ހާބަރުގެ ޚިދުމަތް އަލުން ފެށިއިރު އެ ސަރަހައްދަށް ގެނެސްފައިވާ އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި ފައްތިޔާތަކުގެ ބަދަލުގައި 36 ފައްތިއްޔާ ބުޑު ފައްތައި، މުޅިން އައު ފައްތިއްޔާތަކެއް ބޭނުންކުރަން ފެށުންކަމަށެވެ.
ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތާރު އަޅައިގެން ވަނީ ތަރައްގީކޮށްފައެވެ. އަދި އެމަގު ފުޅާކުރުމަށް ފަޅުތެރެ ހިއްކައިގެން 6 މީޓަރުގެ ސަރަޙައްދެއް މަގަށް އިތުރުކޮށްފައިވެއެވެ.
ސަރުކާރުން ވަނީ މަގުހެދުމުގެ ތިންވަނަ ސެގްމެންޓަށް ތައްޔާރުވެފައެވެ. އެމްޓީސީސީން ބުނީ ތިންވަނަ ސެގުމެންޓުގެ މަސައްކަތް މި ރަމަޝާން މަހުގެ ތެރޭގައި ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

މެދުއިރުމަތީގެ މުސްލިމުންގެ ބިންތަކަށް އަތްގަދަ ކުރާތީ އަރަބިން ނުރުހުން ފާޅުކޮށްފި
ގަޑިއިރެއް ކުރިން

ސައުދީ އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ރަގަޅު: ސައުދީ ސަފީރު
ގަޑިއިރެއް ކުރިން

31 އަހަރު ފަހުން އަލަށް ތެލަސީމިއާ ސެންޓަރުގެ ހިދުމަތް ހުކުރުދުވަހު
8 ގަޑިއިރު ކުރިން

ޅ.ކަނުހުރާގެ އިރުން 6 މޭލު ބޭރުގައި ވަދު ކަނދުފަތި އަޅައިފި
9 ގަޑިއިރު ކުރިން


.gif&w=3840&q=75)