
ތުއްތުކުދިންގެ ފޯމިއުލާ 'ބޭބީބަޔޯ' އިން ވިހަ މާއްދާއެއް ފެނިގެން މަނާކޮށްފި

ޝަހްޒާ މުޙައްމަދު - 08 ފެބްރުއަރީ 2026 - 05:57
ތުއްތު ކުދިންނަށް ހާއްސަ ފްރާންސްގެ އުފެއްދުމެއް ކަމަށްވާ "ބޭބީބަޔޯ" ބްރޭންޑްގެ އިންފެންޓް ފޯމިއުލާގެ ބައެއް ބެޗުތަކުން ވިހަގަދަ މާއްދާއެއް ފެނިފައިތީ، އެ ބްރޭންޑު ވިއްކުން ރާއްޖޭގައި މަނާކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ އެ ބްރޭންޑްގެ ފޯމިއުލާގެ ބައެއް ބެޗުތަކުން 'ސެރެއުލައިޑް' ނަމަކަށް ކިޔާ މާއްދާއެއް ފެނިފައިވާ ކަމަށާއި އެއީ 'ބެސިލަސް ސިރިއަސް' ނަމަކަށް ކިޔާ ޖަރާސީމުން އުފައްދާ ވިހަ މާއްދާއެއް ކަމަށެވެ.
އެހެންވެ އެ މާއްދާއިން ތަޣައްޔަރުވެފައިވާ އެއްޗެއް ބޭނުންކުރެއްވިއްޖެ ނަމަ، މޭނުބައިކޮށް، ހޮޑުލުން އަދި ބަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުންޏެވެ.
މި ވިހަ ފެނިފައި ވަނީ 'ބޭބީބަޔޯ އޮޕްޓިމާ 1' ގެ 400 ގްރާމްގެ 900932 ބެޗާއި 800 ގްރާމްގެ 894408 ބެޗުންނެވެ. އަދި 'ބޭބީބަޔޯ ކެޕްރިއާ 1' ގެ 800 ގްރާމްގެ 900035 ބެޗާއި 899014 ބެޗުން ވެސް މި ވިހަ ވަނީ ފެނިފައެވެ.
އެހެންވެ މި އުފެއްދުންތައް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުން ކުރުން އެމްއެފްޑީއޭ އިން މަނާކޮށްފައިވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ތ.އޮޅުފުށި ބޭރުގައި ވަދު ކަނދުފައްޗެއް ގާއިމްކޮށްފި
13 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައެއްގައި ނައިފަރުން ދެމީހަކު ހައްޔަރުކޮށްފި
15 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައެއްގައި މާވަށުން މީހަކު ހައްޔަރުކޮށްފި
15 ގަޑިއިރު ކުރިން

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
15 ގަޑިއިރު ކުރިން


