logo
ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމު ގުރައިދޫގައި،، ފޮޓޯ: ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމު ގުރައިދޫގައި،، ފޮޓޯ: ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމު ގުރައިދޫގައި ކޭމްޕުކޮށްފި

profile

އާމިނަތު ޝަޒްލާ - 28 އޮކްޓޯބަރު 2026 - 09:10

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމު، ތަމްރީނުތަކަކަށް ކ. ގުރައިދޫގައި ކޭމްޕުކޮށްފިއެވެ.

https://wamco.com.mv/

ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ފަލަސްތީނުގެ ޒުވާން ޓީމު ރާއްޖެ އައިސްފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. މި ދަތުރު ނިންމާލުމަށްފަހު އެ ޓީމު އެނބުރި ޤައުމަށް ދިޔުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 5 ވަނަ ދުވަހުއެވެ.

ރާއްޖޭގައި ހޭދަކުރާ މުއްދަތުގެ ތެރޭގައި، ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމުން ރާއްޖޭގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމާ ދެކޮޅަށް ރަޙުމަތްތެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި ހިނގާ މަހުގެ 30 ވަނަ ދުވަހު އަދި އަންނަ މަހުގެ 2 ވަނަ ދުވަހު ވެރިރަށް މާލޭގައެވެ.

މި ދަތުރަކީ ދިވެހިރާއްޖެއާއި ފަލަސްތީނާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގާތް ގުޅުމާއި ސާބިތު އެކުވެރިކަން އިތުރަށް ބަދަހިކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން މިއީ ދެ ޤައުމުގެ ޒުވާން ކުޅުންތެރިންނަށްވެސް ބައިނަލްއަޤުވާމީ ފެންވަރުގެ ފައިދާކުރަނިވި މުހިންމު ތަޖުރިބާތަކެއް ލިބިގެންދާނެ އަގުހުރި ފުރުޞަތެކެވެ.

ދިވެހިރާއްޖެއަކީ އަބަދުވެސް ފަލަސްތީނުގެ ޙައްޤުގައި ވަކާލާތުކޮށް، އެ ޤައުމުގެ ރައްޔިތުންނާއެކު ސާބިތުކަމާއެކު ދެމިއޮތް ޤައުމެކެވެ. އިސްރާއީލުން ފަލަސްތީނުގެ ކުށެއްނެތް އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުތަކާއި ނާއިންސާފު ޢަމަލުތައް ދިވެހި ސަރުކާރުންނާއި ރައްޔިތުން އެންމެ ހަރުކަށި ޢިބާރާތުން އަބަދުވެސް ކުށްވެރިކުރެއެވެ.

ބައިނަލްއަޤުވާމީ އެކި މަންސަތަކުގައި ފަލަސްތީނުގެ މިނިވަންކަމަށް ވަކާލާތުކޮށް، އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޚާއްޞަ އިސްކަމެއް ރާއްޖޭން ދެއްވައެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އެތައް ގޮންޖެހުންތަކަކާއި ހިތްދަތި ކަންކަމާ ކުރިމަތިލާންޖެހިފައިވާ މި ދަނޑިވަޅުގައި، އެ ޤައުމުގެ ޒުވާން ކުޅުންތެރިން ރާއްޖެއަށް ޒިޔާރަތްކޮށް ތަމްރީނު ހޯދުމުގެ ފުރުޞަތު ފަހިވެގެން ދިޔުމަކީ ދިވެހިން ފަލަސްތީނުގެ އަޚުންނާއެކު ތިބިކަން ހާމަވާ އަލިގަދަ ހެއްކެކެވެ.

https://wamco.com.mv/
tel:+9607331319