
އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން،، ފޮޓޯ: ސޯޝަލް މީޑިއާ
ވޯޓު ކަރުދާހުގައި އާންމުކޮށް ކިޔާނަން ހިމަނަން އެމްޑީޕީން ފުރުސަތު ހުޅުވާލައިފި

އާމިނަތު ޝަޒްލާ - 28 އޮކްޓޯބަރު 2026 - 10:25
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށްގެންދަން ހަމަޖެހިފައިވާ އިންތިޚާބުތަކުގެ ވޯޓު ކަރުދާހުގައި ކެންޑިޑޭޓުންގެ ފުރިހަމަ ނަމުގެ އިތުރުން، އާންމުކޮށް ކިޔައި އުޅޭ ނަން ހިމަނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ.
އެ ޕާޓީން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ވޯޓު ކަރުދާހުގައި އާންމު ނަން ހިމަނަން އެދޭ ފަރާތްތަކުން އެކަމަށް ޚާއްޞަކޮށްފައިވާ "ޔެލޯ އެޕް" މެދުވެރިކޮށް އެދުމުގެ ފުރުސަތު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން، މި ފުރުސަތު ހަމަވާނީ 06 ނޮވެމްބަރު 2026 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް ކަމަށް އެމްޑީޕީން ވަނީ ހާމަކޮށްފައެވެ. އަދި މި މުއްދަތުގެ ކުރިން ހުރިހާ ކެންޑިޑޭޓުންވެސް ޔެލޯ އެޕް މެދުވެރިކޮށް މަޢުލޫމާތު ފުރިހަމަކޮށް ހުށަހެޅުމަށް އެ ޕާޓީން ވަނީ އިލްތިމާސްކޮށްފައެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، ވޯޓު ކަރުދާހުގައި ހިމެނުމަށް ހުށަހަޅާ އާންމު ނަމަކީ މުޖުތަމަޢުގެ އަދަބުއަޚްލާޤާއި އާންމު އިޖުތިމާޢީ މިންގަނޑުތަކަށް ފެތޭ، އަދި އިސްލާމީ ރިވެތި އުސޫލުތަކާ ޚިލާފުނުވާ ފަދަ ނަމަކަށް ވާންޖެހޭނެ ކަމަށެވެ. މީގެއިތުރުން، އިޖުތިމާޢީ މިންގަނޑުތަކާ ނުގުޅޭ އަދި ބޭއަދަބީ ކަމަށް ބެލެވޭ އެއްވެސް ނަމެއް ވޯޓު ކަރުދާހުގައި ބޭނުންކުރުމުގެ ހުއްދަ ނުދެވޭނެ ކަމަށްވެސް އެ ޕާޓީން ވަނީ ސާފުކޮށް ބަޔާންކޮށްފައިވެއެވެ.
އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަކީ ދާއިރާގެ ގިނަ ރައްޔިތުންގެ މެދުގައި ރަސްމީ ނަމަށްވުރެ ބޮޑަށް ވަނަމުން ނުވަތަ އާންމުކޮށް ކިޔާ ނަމުން މަޤްބޫލު ބައެއް ކަމަށްވާތީ، ވޯޓުލާ ފަރާތްތަކަށް ކެންޑިޑޭޓުން ވަކިކުރަން ފަސޭހަކޮށްދިނުމުގެ މަޤްޞަދުގައި ދިން މި ފުރުސަތުގެ ބޭނުން، ކަނޑައެޅިފައިވާ ވަގުތުގެ ކުރިން ހުރިހާ ކެންޑިޑޭޓުންވެސް ހިފުމަށް އެމްޑީޕީން ވަނީ އެދިފައެވެ.
ގުޅުން ހުރި ޙަބަރުތައް

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މާދަމާ މަޖިލީހަށް ހުށަހަޅަނީ
ގަޑިއިރެއް ކުރިން

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމު ގުރައިދޫގައި ކޭމްޕުކޮށްފި
2 ގަޑިއިރު ކުރިން

ގދ. އަތޮޅުގަ ކުރިއަށް ގެންދިޔަ ރައްކާ ރޯޑްޝޯއިން މަގުމަތީގެ ރައްކާތެރިކަމަށް މުހިންމު މެސެޖުތަކެއް ދީފި
2 ގަޑިއިރު ކުރިން

ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ތިން މީހަކު ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން


