
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ / ފޮޓޯ: މަޖިލިސް
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މާދަމާ މަޖިލީހަށް ހުށަހަޅަނީ

މުޙައްމަދު ފަޟްލޫން - 28 އޮކްޓޯބަރު 2026 - 10:18
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން މާދަމާއަށް ތާވަލުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅުމަށް ބާއްވާ ހާއްސަ ޖަލްސާ އޮންނާނީ މާދަމާ މެންދުރުފަހު 13:30 ގައެވެ.
ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން، ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ހިނގަމުންދާ އަހަރުގެ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެއެވެ.
މި ހިނގާ އޮކްޓޫބަރު މަހުގެ އެންމެ ފަހު ދުވަހަކީ ހޮނިހިރު ދުވަސް ކަމަށްވާތީ، ގާނޫނީ އަންނަ އަހަރުގެ ބަޖެޓް ހުށަހަޅަން ބާއްވާ ޖަލްސާ (މާދަމާ) 29 އޮކްޓޯބަރުވާ ބުރާސްފަތި ދުވަހު ބާއްވަން ވަނީ ނިންމާފައެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމްލަ އަދަދާއި އޭގެ ތަފުސީލުތައް މިހާތަނަށް އަދި އާއްމުކޮށްފައެއް ނުވެއެވެ.
މިއަހަރަށް މަޖިލީހުން ފާސްކޮށްފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވާންވާނީ ހަމަހަމަ ކަމަށް ލޯބިކުރާ އިންސާފު ގާއިމްކުރުމަށް އެއްބާރުލުންދޭ ބަޔަކަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ގައުމެއްގެ ހަމަޖެހުން ބިނާވެފައި އޮންނަނީ އެގައުމެއްގައި އަދުލު އިންސާފު ގާއިމްވެފައި އޮންނަ މިންވަރެއްގެ މައްޗަށް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި އެކަމަށް މަގުފަހިވާ ގޮތަށް މަސައްކަތް ކުރުމަކީ ރައްޔިތުންގެ މަންދޫބުންގެ އެންމެ އިސް މަސްއޫލިއްޔަތު ކަަމަށް ގަބޫލުކުރައްވަންވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މަޖިލީހުން މަސައްކަތްކުރައްވަމުން ގެންދަވަނީ ރާއްޖޭގެ އެކިއެކި ދާއިރާތަކުގައި ހުރި ތަފާތުތައް ނައްތާލުމަށްޓަކައި ސަރުކާރުން ފޮނުއްވާ ގާނޫނުތަކަށް ހެޔޮ ބަދަލު ގެނެސްދީ ސަރުކާރު ހިންގުމަށް ފަސޭހަކޮށްދިނުމަށް ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯޓު ކަރުދާހުގައި އާންމުކޮށް ކިޔާނަން ހިމަނަން އެމްޑީޕީން ފުރުސަތު ހުޅުވާލައިފި
ގަޑިއިރެއް ކުރިން

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމު ގުރައިދޫގައި ކޭމްޕުކޮށްފި
2 ގަޑިއިރު ކުރިން

ގދ. އަތޮޅުގަ ކުރިއަށް ގެންދިޔަ ރައްކާ ރޯޑްޝޯއިން މަގުމަތީގެ ރައްކާތެރިކަމަށް މުހިންމު މެސެޖުތަކެއް ދީފި
2 ގަޑިއިރު ކުރިން

ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ތިން މީހަކު ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން


