ދެ އިންތިޙާބު އެއްދުވަހެއްގައި ބާއްވަން އާއެކޭ ބުނުއްވާ! މީ ޕީއެންސީގެ ނިންމުން!

ރިޟްވާން މޫސާ - 01 މާރިޗު 2026 - 09:07
ދެ އިންތިޙާބު އެއްކޮށް ބޭއްވުމަށް ހަމަޖެހިގެން ދިއުމަކީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ދައުރުން 6 ވަރަކަށް މަސް ގެއްލުން ކަމަށާއި، އެހެން ނަމަވެސް ރައްޔިތުންނަށާއި ގައުމަށް މިކަމުން ފައިދާ ކުރާތީ އުފާކުރައްވާ ކަމަށް ޕީއެންސީގެ ޓީމުންބުނެފި އެވެ
ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ގަ އެވެ. އެދުވަހު އިލެކްޝަން ކޮމިޝަނުން ބާއްވަން ކަނޑައަޅާފައި ވަނީ ލޯކަލް ކައުންސިލް އިންޙާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޙާބުގެ އިތުން ރިޔާސީ އިންތިޙާބާއި، ރައްޔިތުންގެ މަޖިލިސް އިންތިޙާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި ނަގަން ހަމަޖެހިފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެވެ.
ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަސްލު" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޕީއެންސީގެ ޕީޖީ ލީޑަރ އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ފަލާހް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މި އިސްލާހަށް ބަދަލުގެނެސް ދެ އިންތިހާބު އެެއް ދުވަހެއްގައި ބޭއްވުމަކީ މިހާރުގެ މަޖިލީހުގެ މެންބަރުންގެ ދައުރުން 6 ވަރަކަށް މަސްދުވަސް ގެއްލިގެން ދިއުން ކަމަށެވެ.
ފަލާހު ވިދާޅުވީ މި ފަދަ ނިންމުމަކުން ވެސް ރައްޔިތުންނަށާއި ގައުމަށް އެކަމުން ފައިދާކުރާ ކަމަށާއި އެކަމަށް ޕީއެންސީން ނުހަނު ތާއީދު ކުރައްވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް
ގިނަ އިންތިޙާބުތަކެއް ބޭއްވުމަކީ ބޮޑު ހޭދައެއް! މީގެން ރައްޔިތުންނަށް ހެދޭނީ ގޯސް: ޝިޔާމް
26 މިނިޓު ކުރިން
އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަކޮށްލައިފި
27 މިނިޓު ކުރިން

ދިވެހިރާޢްޖެއިން އުމުރާ އަށްދާ ފަރާތްތަކުން ސަމާލުވުމަށް އެދިފި
28 މިނިޓު ކުރިން

މެދުއިރުމަތީގައި ކިޔަވާ ދަރިވަރުންގެ ހާލަތު ދަނީ ގާތުން ބަލަމުން: މިނިސްޓްރީ
4 ގަޑިއިރު ކުރިން


.gif&w=3840&q=75)