
ކަރެކްޝަންސްގެ ހިންގުން ހަރުދަނާކުރުމަށް ޓްރޭނިންގ މޮޑިއުލްތަކާއި ކޮމްޕީޓަންސީ ފްރޭމްވަރކް ޙަވާލުކޮށްފި

ރިޟްވާން މޫސާ - 25 ޖެނުއަރީ 2026 - 12:17
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އެމްސީއެސް ގެ ހިންގުން ހަރުދަނާކުރުމަށާއި އޮފިސަރުންނާއި މުވައްޒަފުން ތަރައްޤީކުރުމަށް ބްރިޓިޝް ހައި ކޮމިޝަން އިން ތައްޔާރުކުރި ޓްރޭނިންގ މޮޑިއުލްތަކާއި ކޮމްޕިޓެންސީ ފްރޭމްވަރކް ރަސްމީކޮށް މިއަދު ޙަވާލުކޮށްފިއެވެ.
މިތަކެތި ރަސްމީކޮށް ހަވާލުކޮށްދެއްވީ ކަރެކްޝަންގެ ހެޑު އޮފީހުގައި މި ކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިވެހިރާއްޖެއަށް އިނގިރޭސި ވިލާތުން ކަނޑައަޅުއްވާފައިވާ ހައި ކޮމިޝަނަރ ހ.އ. ނިކޮލަސް ޑޭވިޑް ލޯ ވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު އެވެ.
އަދި މީގެ އިތުރުން ހައި ކޮމިޝަނަރ ވަނީ “ޓްރާންސްފޮރމޭޝަނަލް ލީޑަރޝިޕް އިން އެކްޝަން ޓްރޭނިންގ” ޕްރޮގްރާމް ފުރިހަމަ ކުރެއްވި ފަރާތްތަކަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވާފައެވެ.
މިއީ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮޖެކްޓްގެ ދަށުން، ޓެޓްރާޓެކް އިންޓަރނޭޝަނަލްއިން މެދުވެރިކޮށް އެމްސީއެސްގެ ހިންގުމާއި މަސައްކަތްތައް ހަރުދަނާކޮށް، އޮފިސަރުންނާއި މުވައްޒަފުން ތަރައްޤީކޮށް، ޤާބިލު ބަޔަކު ތަމްރީނުކުރުމަށް ދެވޭ ޓެކްނިކަލް އެހީތެރިކަމުގެ ތެރެއިން ބައެކެވެ
އަދި މި ޕްރޮޖެކްޓްގެ ދަށުން، 23 ވަރކްޝޮޕް އަދި ޓްރޭނިންގތައް ހިންގުމާއި 86 ރެކަމެނޑޭޝަނާއި 08 އެސެސްމަންޓް އަދި 10 ރިޕޯރޓް ހެދުމުގެ އިތުރުން 12 ޓްރޭނިންގ މޮޑިއުލް ތައްޔާރުކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

އިރާގުގެ ވެރިކަމަށް ކުރީގެ ބޮޑުވަޒީރު ނޫރީ އަލް މާލިކީ އަންނާނެ ކަމުގެ ފެހި ސިގްނަލްދީފި
3 ގަޑިއިރު ކުރިން

އެމެރިކާއަށް ބާރުގަދަ ތޫފާނެއް!
3 ގަޑިއިރު ކުރިން

ހުޅުމާލެ ފޭސް 3 ވެސް ހިއްކައި ނިމިއްޖެ! ދެން ހިއްކާނީ ގިރާވަރު ފަޅު: ރައީސް
3 ގަޑިއިރު ކުރިން

ސަރުކާރުގެ ރޯދަ ހަދިޔާ- 4،196 މަސްދަޅު ކޭސް ދޫކޮށްފި
10 ގަޑިއިރު ކުރިން


