
އިރާގުގެ ވެރިކަމަށް ކުރީގެ ބޮޑުވަޒީރު ނޫރީ އަލް މާލިކީ އަންނާނެ ކަމުގެ ފެހި ސިގްނަލްދީފި

ރިޟްވާން މޫސާ - 25 ޖެނުއަރީ 2026 - 19:17
އިރާގުގެ ވެރިކަމަށް އެގައުމުގެ ކުރީގެ ބޮޑުވަޒީރު ނޫރީ އަލް މާލިކީ އަންނާނެ ކަމުގެ ފެހި ސިގްނަލް އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީން ދެއްވައިފި އެވެ.
އިރާގުގެ ގާނޫނޫ ހަދާ މަޖިލީހުގެ އަގުލަބިއްޔަތު މިވަގުތު އޮތީ މާލިކީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ޝިޢާއިންގެ އިއްތިޙާދު ޕާޓީގަ އެވެ.
އެ އިއްތިޙާދުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ އިއްތިޙާދުގެ ބޮޑުވަޒީރުގެ ކެންޑިޑޭޓުކަމަށް، އިސްލާމިކް ދަޢުވަތު ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވި މާލިކީ ކަނޑައަޅާފައިވާ ކަމަށެވެ.
މާލިކީ އިރާގުގެ ވެރިކަމަށް ވަޑައިގަންނަވާނެފަދަ އަޑުތަކެއް ފެތުރިފައިވާއިރު މާލިކީގެ އުމުރުން މިހާރު 75 އަހަރު ވަނީ ފުރިފަ އެވެ.
މާލިކީ، އިރާޤުގެ ބޮޑުވަޒީރުގެ މަޤާމަށް އެންމެ ފުރަތަމަ ވަޑައިގެންނެވީ 2006ވަނަ އަހަރުއެވެ. އެއީ އެމެރިކާއިން އިސްވެ، 2003ވަނަ އަހަރު އިރާޤަށް އަރައިގަނެ، ހަމަނުޖެހުމާއި ހަލަބޮލިކަން އިރާޤުގައި އިތުރުވެފައިވާ ދަނޑިވަޅެކެވެ.
މާލިކީ ބޮޑުވަޒީރުކަމުގެ މަޤާމުން އިސްތިޢުފާ ދެއްވީ، 2014ވަނަ އަހަރުގެ ތެރޭގައި ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ އައިސިސްގެ ހަނގުރާމަވެރިން، އިރާޤުގެ ގިނަ ސަރަޙައްދުތަކަށް އަތްގަދަ ކުރުމާ ގުޅިގެންނެވެ.
މާލިކީ އަކީ އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސެއިންގެ ވެރިކަމާއި މުޅިން ދެކޮޅުވެ ވަރަށް ބޮޑަށް ފާޑުކިޔާފައިވާ ބޭފުޅެކެވެ. ސައްދާމުގެ ވެރިކަމުން މާލިކީ ހައްޔަރުކޮށްފާނެތީ މާލިކީ ވަނީ އެދުވަސްވަރު ގައުމުން ބޭރަށް ގޮސްފައެވެ. އެދުވަސްވަރުވެސް ސިޔާސީ މަސައްކަތްތައް ކުރެއްވިކަން ފާހަގަކޮށްލެވެ.
ގުޅުން ހުރި ޙަބަރުތައް

ކައުންސިލް އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި
15 ގަޑިއިރު ކުރިން

ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފި
ދުވަހެއް ކުރިން

އެލައިޑް ހެލްތު ޕްރޮފެޝަނަލުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް
ދުވަހެއް ކުރިން

ދެ އިންތިހާބު އެއްކޮށް ބޭއްވުމަކީ މައްސަލަޖެހޭނެ ކަމެއް ނޫން: ޑރ ޙަލީލް
ދުވަހެއް ކުރިން


.gif&w=3840&q=75)