logo

އެމެރިކާއަށް ބާރުގަދަ ތޫފާނެއް!

profile

ރިޟްވާން މޫސާ - 25 ޖެނުއަރީ 2026 - 19:16

އެމެރިކާ އަށް ބާރުގަދަ ތޫފާނެއް އަރައި ވައިގެ ދަތުރުފަތުރު ތަކަށް ބުރޫ އަރައިފި އެވެ.

https://wamco.com.mv/

އެމެރިކާ އަށް މިހާރު ކުރިމަތިވެފައިވާ ފިނި މޫސުމާ ދިމާކޮށް އެރި މި ބާރުގަދަ ތޫފާނުގައި އެމެރިކާގެ އިރުމަތީގެ ގިނަ ސަރަޙައްދުތަކަށް ބާރުގަދަ ވަޔާއެކު ފިނިހޫނުމިން ވެސް ވަރަށް ބޮޑަށް ވަނީ ދަށަށް ގޮސްފަ އެވެ.

އެމެރިކާގެ މޫސދުމާ ބެހޭ އިދާރާއިން ބުނީ އެ ތޫފާނުގައި ލިބުނު ގެއްލުންތަކުގައި، 200،000 އަށް ވުރެ ގިނަ މީހުންނަށް ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާއިރު، 4،000 އަށް ވުރެ ގިނަ ވައިގެ އުދުހުންތައް ކެންސަލް ކުރަންޖެހި، ވައިގެ އުދުހުންތަކަށް ވަރަށް ބޮޑަށް ބުރޫއަރާފައިވާކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ސައުތު ކެރޮލައިނާ، ނޯތު ކެރޮލައިނާ، ވަރޖީނިއާ، ޓެނަސީ، ޖޯޖިއާ، މެރިލަންޑް، އާކެންސާ، ކެންޓަކީ، ލުއީޒިއާނާ، މިސިސިޕީ، އިންޑިއާނާ އަދި ވެސްޓު ވަރިޖިނިއާ ފަދަ ސްޓޭޓުތަކުގައި މި ކާރިޘާގެ ޙާލަތު އިޢުލާނުކުރައްވައިފައެވެ

ޓެކްސަސް، ލުއީޒިއާނާ، މިސިސިޕީ އަދި ޓެނަސީގައި، ކަރަންޓުގެ ޚިދުމަތް ކެނޑިގެން މިހާތަނަށް 217،000އަށް ކަސްޓަމަރުންގެ ރިޕޯޓު ލިބިފައިވާކަމަށް އިދާރާތަކުން ބުނެފައިވެއެވެ.

މި ތޫފާނުގެ ސަބަބުން، އިއްޔެ އެކަނިވެސް، 4،000 ވައިގެ އުދުހުންތައް ކެންސަލް ކޮށްފައިވާއިރު، މިއަދު ތާވަލުކޮށްފައިވާ އުދުހުންތަކުގެ ތެރެއިން، 9،000 ވުރެ ގިނަ އުދުހުންތައް މިހާރުވެސް ވަނީ ކެންސަލްކުރަންޖެހިފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay