logo
ހުޅުމާލެ ފޭސް 3 ބިން ހިއްކުމުގެ މަޝްރޫއު

ހުޅުމާލެ ފޭސް 3 ބިން ހިއްކުމުގެ މަޝްރޫއު

ހުޅުމާލެ ފޭސް 3 ވެސް ހިއްކައި ނިމިއްޖެ! ދެން ހިއްކާނީ ގިރާވަރު ފަޅު: ރައީސް

profile

ރިޟްވާން މޫސާ - 25 ޖެނުއަރީ 2026 - 19:16

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތްވެސް މިހާރު މުޅިން ނިމިފައިވާ ކަމަށާއި، ދެން ހިއްކަން ފަށާނީ ގިރާވަރު ފަޅު ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ރައީސުލް ޖުމްހޫރިއްޔާ އެމަނިކުފާނުގެ އެކްސް އެކައުންޓު މެދުވެރިކޮށް ރަށްޔިތުންނަށް ވިދާޅުވީ ހުޅުމާލޭގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތްވެސް މިހާރު މުޅިން ނިމިފައިވާ ކަމަށެވެ. ރައީސް ވަނީ ބިން ހިއްކުމުގެ މި ޕްރޮޖެކްޓުގެ ތެރެއިން ދެން ކުރިއަށްދާނީ ގިރާވަރު ފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ކަމަށް ވިދާޅުވެފަ އެވެ.

ގިރާވަރު ފަޅުން ޖުމްލަ 160 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު، އެ ޕްރޮޖެކްޓަށް އިތުރު 50 ހެކްޓަރުގެ ބިން އިތުރުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ މަސައްކަތް ނިންމިކަން ރައީސް އިއުލާނުކުރައްވާފައިވާއިރު މި ސަރުކާރުން ވަނީ ތިންވަނަ ފިޔަވަހިން 698 ގޯތި ދޫކޮށްފަ އެވެ. ސަރުކާރުން ވަނީ 1351 ގޯތި ތިން ވަނަ ފިޔަވަހިން ދިނުމަށް ނިންމާފަ އެވެ.

ނިމިގެން ދިޔަ ސަރުކާރުން ވަނީ ހުޅުމާލޭގެ ފޭސް 2 އިން އަދި ފޭސް 3 އަކުންވެސް ގޯތިތައް ދޫކޮށްފަ އެވެ.

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ދާއިމީކޮށް ޙައްލު ކުރުމަށްޓަކައި ސަރުކާރުން ދަނީ ރަސްމާލެ، ގިރާވަރުފަޅު، އުތުރު ތިލަފަޅު އަދި ގުޅިފަޅު ހިއްކުމުގެ ބިޔަ މަޝްރޫއުތަކެއް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދަމުންނެވެ

https://wamco.com.mv/
https://eportal.mwsc.com.mv/e-pay