logo

މިފްކޯ އިން މަސްދަޅު އަގުހެޔޮކުރީ ރައްޔިތުންގެ މަސްލަހަތަށް ޓަކައި: މިފްކޯ

profile

މުޙައްމަދު ފަޟްލޫން - 08 އޭޕްރީލު 2026 - 14:27

މިފްކޯ އިން ވިއްކަމުންދާ މަސްދަޅު އަގު ބޮޑުކުރުމަށްފަހު އަލުން އަގު ހެޔޮކުރީ ރައްޔިތުންގެ މަސްލަހަތަށްޓަކައި ކަމަށް މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ފަރުހަތު ޝަހީރު މިއަދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މިދިޔަ ހޯމަ ދުވަހު މެންދުރުގެ ވަގުތެއްގައި މިފްކޯއިން ވަނީ ތެޔޮ މަސްދަޅުގެ އަގު 17.50 ރުފިޔާއިން 18.50 ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި މިފްކޯ އިން ވަނީ އޭގެ ގަޑިއިރެއްހާއިރު ފަހުން އަލުން މަސްދަޅުގެ އަގު ހެޔޮކޮށްފައެވެ.

މިފްކޯ އިން މަސްދަޅުގެ އަގު ބޮޑުކުރަން ނިންމީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުގެން ދިއުމާއެކު، މަސްދަޅު އުފައްދަންވެސް ހިނގާ ހަރަދު އިތުރުވުމުގެ ސަބަބުން ކަމަށް މިފްކޯ އިން މީގެ ކުރިން ބުނެފައިވެއެވެ. ނަމަވެސް މަސްދަޅުގެ އަގު އަލުން ހެޔޮކުރީ ރައްޔިތުންގެ ދިރިއުޅުމުގެ އަގާއި ހިޔާލަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށް މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ ޝަހީދު ވަނީ ވިދާޅުވެފައެވެ.

މިފްކޯގެ މަސްދަޅަށް އޮންނަ ޑިމާންޑް ބޮޑުވުމާއި އެކު އަދި މަސްވެރިކަން ދަށްވުމުގެ ސަބަބުން މިފްކޯގެ ތެޔޮ މަސްދަޅު މިހާރު ވިއްކަމުންދަނީ ކޮންޓްރޯލް ކޮށްގެންނެވެ.

ތެޔޮ މަސްދަޅު ވިއްކާ މިންވަރު ކޮންޓްރޯލް ކޮށްފައިވަނީ ހުރިހާ އެންމެނަށް ތެޔޮ މަސްދަޅު ގަތުމުގެ ފުރުަސަތު ފަހިކޮށްދިނުމުގެ މަގްސަދުގައި ކަމަށް މިފްކޯ އިން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk