logo

ހުޅުމާލޭގައި ބަނގުރާ ވިއްކަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 08 އޭޕްރީލު 2026 - 16:08

ބަނގުރާ ގެންގުޅެ އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އަނީސުއްރަޙްމާން (23އ) އާއި އެމް.ޑީ ރޯމާން މިއާ (38އ) އެމް.ޑީ ކަމާލް މިއާ (42އ) އެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމުން އިއްޔެ ހިންގި އޮޕަރޭޝަންގައި ހުޅުމާލެ ފޭސް 1 ގެ ރަށު މާރުކެޓް ސަރަހައްދުން އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު 37 ފުޅި ބަނގުރާ ފެނުމާ ގުޅިގެން ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk