logo

ބޮޑުތަކުރުފާނު މަގުގެ ޝީޓްޕައިލް ކުރަން މަގުބަންދުކުރަނީ

profile

މުޙައްމަދު ފަޟްލޫން - 08 އޭޕްރީލު 2026 - 16:07

ބޮޑުތަކުރުފާނު މަގުގެ ސެގްމަންޓް 1 ގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، މާދަމާއިން ފެށިގެން އެ ސަރަހައްދުގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރުމަށް އެމްޓީސީސީން ނިންމައިފިއެވެ.

https://wamco.com.mv/

އެމްޓީސީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ބޮޑުތަކުރުފާނު މަގުގެ ސެގްމަންޓް 1 ގެ ފޭސް 2 އިން ފެށިގެން 4 އާ ހަމައަށް ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.

މި މަސައްކަތަށްޓަކައި މިއަދުން ފެށިގެން 4 ޖުލައިގެ ނިޔަލަށް، މާލޭ މަސްވެރިންގެ ޕާކުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްއާ ހަމައަށް އޮންނަ މަގާއި، އެ މަގާ އިންވެގެން އޮންނަ ފަޅު ސަރަހައްދު ބަންދުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

މި ނިންމުމާ ގުޅިގެން، ބަންދުކުރެވޭ ފަޅު ސަރަހައްދުގައި މިވަގުތު އަޅާފައި ހުރި ދޯނިފަހަރާއި ލޯންޗުތައް ވީ އެންމެ އަވަހަކަށް އެ ސަރަހައްދުން ނަގައި، ފަޅު ހުސްކޮށްދިނުމަށް އެ ތަކެތީގެ ވެރިފަރާތްތަކަށް އެމްޓީސީސީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ ކުރިންވެސް ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް މަގު ބަންދުކުރިއެވެ.

މަގު ބަންދުކުރުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.

އަދި މި މަޝްރޫޢާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުއްވުމަށް އެ ކުންފުނިން އެދެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk