
ޑރ ސަލްމާގެ މަގާމް އިއާދަކޮށްފި

މުޙައްމަދު ފަޟްލޫން - 08 އޭޕްރީލު 2026 - 16:07
ޖެނީވާގައި ހުންނަވާ އދގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުގެ މަގާމު އަލުން އިޔާދަކޮށްފިއެވެ.
ޑރ. ސަލްމާ އަށް އަލުން މަގާމް އިޔާދަކޮށްދީފައި މިވަނީ، މިދިޔަ ހޯމަ ދުވަހު އޭނާ މަގާމުން ވަކިކުރުމަށްފަހުގައެވެ.
ސަލްމާގެ އިތުރުން، ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު މުޙައްމަދު ޙުސެއިން ޝަރީފު (މުންދު)ވެސް މިދިޔަ ހޯމަ ދުވަހު ވަނީ މަގާމުން ވަކިކޮށްފައެވެ.
ސަލްމާ އާއި މުންދު މަގާމުން ވަކިކުރި ސަބަބު ސާފެއް ނޫނެވެ.
ޑރ ސަލްމާ އާއި މުންދު މަގާމުން ވަކިކުރީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯ އެއްގެ މައްސަލައިގައެވެ.
އެ އޯޑިއޯގައި މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ގެ އަޑު އިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އޯޑިއޯ އާއި ގުޅިގެން އަސްމާ ޕީޢެންސީ އިން ވަކިކުރަން ނިންމިއެވެ. ނަމަވެސް ފަހުން ވަނީ އެނިންމުން ބަދަލުކޮށްފައެވެ.
އަސްމާގެ އެއްބަނޑު އެއްބަފާ ދައްތަ، ސަލްމާގެ މަޤާމު އިއްޔެ އަލުން އިޔާދަކުރި ނަމަވެސް، އަސްމާގެ ދަރިކަލުން މުންދުއަށް މިހާތަނަށް އެއްވެސް މަގާމެއް އައްޔަންކޮށްފައެއް ނުވެއެވެ.
މުންދުއާއި ސަލްމާއަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެ ވަޑައިގަތުމަށްފަހު، ވަރަށް ކުރީކޮޅު އިސް މަގާމުތަކަށް އައްޔަން ކުރެއްވި ދެ ބޭފުޅުންނެވެ.
ލޯކަލް ކައުންސިލްގެ އިންތިހާބަށް ފަހު ސަރުކާރުގެ ބައެއް މަގާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެމްޑީއިންނާއި ޑީއެމްޑީ އިންގެ ވަޒީފާތައް ދަނީ ބަދަލުވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ތިނަދުއަށް ތަރައްގީ ގެނައުމަކީ އެންމެ ބޮޑު އަމާޒު: ތިނަދޫ ސިޓީ މޭޔަރ ސައުދު
2 ގަޑިއިރު ކުރިން

ހުޅުމާލޭގައި ބަނގުރާ ވިއްކަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން

ބޮޑުތަކުރުފާނު މަގުގެ ޝީޓްޕައިލް ކުރަން މަގުބަންދުކުރަނީ
2 ގަޑިއިރު ކުރިން

އަހަރުގެ މިހާތަނަށް 684،908 ފަތުރުވެރިން ޒިޔާރަތްކޮށްފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)