logo

ތިނަދުއަށް ތަރައްގީ ގެނައުމަކީ އެންމެ ބޮޑު އަމާޒު: ތިނަދޫ ސިޓީ މޭޔަރ ސައުދު

profile

މުޙައްމަދު ފަޟްލޫން - 08 އޭޕްރީލު 2026 - 16:08

ގދ ތިނަދޫއަށް ތަރައްގީ ގެނައުމަކީ އެންމެ ބޮޑު އަމާޒު ކަމަށް ތިނަދޫ ސިޓީގެ އިންތިހާބީ މޭޔަރ ސައުދު އަލީ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މިނިސްޓްރީ އޮފް ސީޓީސް ، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައި ސައުދު ވިދާޅުވީ ތިނަދޫ އަށް ތަރައްގީ ގެނައުމަށް މިސަރުކާރާއި ރައީސް ޑރ މުަހައްމަދު މުއިއްޒު އަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަަމަށެވެ. ސައުދު ވަނީ މިސަރުކާރާއި ގުޅިގެން ތަރައްގީ ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ސިޔާސީ ގޮތުން ހިޔާލު ތަފާތުވިޔަސް ހިންގާ މަޝްރޫއުތަކަށް ހުރަސް އެޅުމުގެ ނިޔަތެއް ނުގެންގުޅުއްވާކަމަށް މޭޔަރު ސައުދު ވިދާޅުވިއެވެ.

މިނިސްޓަރު އާދަމް ޝަރީފް ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ސައުދު ހޯއްދެވި ކާމިޔާބީއަށް ތަހުނިޔާ ވިދާޅުވެފައެވެ.

ތިނަދޫގެ މޭޔަރު ސައުދު ވަނީ މިހާރުވެސް ސަރުކާރުން އެ ރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާކަން ފާހަގަކުރައްވާފައެވެ.

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އެ މިނިސްޓްރީގެ ފަރާތުން ތިނަދޫ ކައުންސިލަށް ފުރިހަމަ އެހީތެރިކަން ލިބޭނެ ކަމަށެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކައުންސިލްތަކާ ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ތިނަދޫ ސިޓީގެ މޭޔަރުކަމުގެ ގޮނޑި ސައުދު ދިފާއު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓްގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk