
ޑޮލަރުގެ އާމްދަނީން ސުކޫކު ދައްކަން އެހީތެރިކަން ލިބުނު: އެމްއެމްއޭ

ރިޟްވާން މޫސާ - 04 އޭޕްރީލު 2026 - 08:56
ސަރުކާރުން ދައްކާފައިވާ ސުކޫކު ދެއްކުމުގައި ޑޮލަރުގެ އާންމުދަނީން އެހީތެރިކަން ލިބުނު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިތީ އެމްއެމްއޭ އިން ބުނެފި އެވެ.
މަރުކަޒީ ބޭންކުން މިކަން ހާމަކުރީ 2021ވަނަ އަހަރު ދިވެހި ސަރުކާރުން ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިޔަން އެމެރިކާ ޑޮލަރުގެ ސުކޫކު އަދި އޭގެ ކޫޕަން ޕޭމަންޓަށް ވާ ޖުމުލަ 524.68 މިލިޔަން ޑޮލަރު، ސަރުކާރުގެ ފިސްކަލް އެޖެންޓުގެ ހައިސިއްޔަތުން ދައްކައި ޚަލާސްކުރުމާ ގުޅިގެންނެވެ.
މި ސުކޫކަކީ 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން، އޭގެ ކުރީގެ ސަރުކާރުން ނަގާފައިވާ 250 މިލިޔަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު އަދާކުރުމަށް ވިއްކި ސުކޫކެކެވެ.
ސަރުކާރުން މި ފައިސާ ދެއްކުމުގައި ބޭނުންކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު، އެސްޑީއެފްއާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާއެވެ.
ސްކޫކު ދެއްކުމާއެކު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނީގެ މިންވަރު ކުޑަވެގެންދާނެ އެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ރާއްޖޭގެ އިގުތިސާދަށް ބުރަ ނުވާނެ ގޮތަށް ދަރަނި އަދާކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް ވަނީ އަޅަން ފަށާފައެވެ. އޭގެ ތެރޭގައި އެސްޑީއެފްއަށް ބޭރު ފައިސާ ޖަމާކުރަން ފެށުމާއި، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ރޭޓަށް ގެނައި ބަދަލުތައް ހިމެނެއެވެ.
ސަރުކާރުން ހާމަކުރި ގޮތުގައި، ސުކޫކަށް ދައްކަންޖެހޭ އަސްލު އަދަދު ކަމަށްވާ 500 މިލިޔަން ޑޮލަރާއި، އޭގެ ފައިދާގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިޔަން ޑޮލަރާއެކު ޖުމްލަ 524.68 މިލިޔަން އެމެރިކާ ޑޮލަރު މިހާރު ވަނީ ދައްކައި ނިންމާފައެވެ.
ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ މިއަހަރުގެ މާރިޗު މަސް ނިމުނުއިރު 1.3 ބިލިޔަން ޑޮލަރަށް އަރާފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ރަސްމީ ރިޒާވް މިހާ މަތީ މިންވަރަކަށް އިތުރުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ސަރުކާރުގެ މި ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން، އެސްޑީއެފްގެ ބޭރު ފައިސާގެ ބެލެންސް ފުރަތަމަ ފަހަރަށް 350 މިލިޔަން ޑޮލަރަށްވުރެ އިތުރުވެފަ އެވެ.
ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އަސާސީ ޙިދުމަތްތައް ފޯރުކޮށްދިނުމަށެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ޔޫއޭއީގެ އެންމެ ބޮޑު ގޭސް ޕްލާންޓަށް ގެއްލުންތަކެއް ވެއްޖެ!
16 ގަޑިއިރު ކުރިން

ފޭސް 2ގެ އެކަމޮޑޭޝަން ބްލޮކެއްގައި ރޯވެ ގެއްލުންތަކެއް ވެއްޖެ!
16 ގަޑިއިރު ކުރިން

ރައްޔިތުން މިއަދު މި ދެއްކީ ވަރަށް ރަނގަޅު ނަމޫނާއެއް: ޖާބިރު
16 ގަޑިއިރު ކުރިން

އިންތިޙާބު ކުރިއަށްދަނީ ވަރަށް ހިތްހަމަ ޖެހޭ ގޮތަކަށް: ރައީސް ނަޝީދު
ދުވަހެއް ކުރިން


.gif&w=3840&q=75)