
ރައީސް ނަޝީދު: އަސްލުޓީވީ އަށް އިންޓަރވިއުދެއްވަނީ: ފޮޓޯ ރިލްވާން މޫސާ / އަސްލުޓީވީ
އިންތިޙާބު ކުރިއަށްދަނީ ވަރަށް ހިތްހަމަ ޖެހޭ ގޮތަކަށް: ރައީސް ނަޝީދު

ރިޟްވާން މޫސާ - 04 އޭޕްރީލު 2026 - 08:51
މިއަދު ބާއްވާ ލޯކަލް ކައުންސިލް އިންތިޙާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޙާބުވެސް ކުރިއަށްދަނީ ވަރަށް ވެސް ހިތް ހަމަ ޖެހޭ ގޮތަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ
އިންތިހާބުގެ ވޯޓުން މިއަދު އިސްކަންދަރު ސްކޫލުގައި ކުރިއަށް ގެންދިޔަ ވަގުތު އެސަރަހައްދުގައި ހުންނަވައިގެން އަސްލުޓީވީ އަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ މިފަހަރުގެ އިންތިޙާބު ކުރިއަށްދަނީ ވަރަށްވެސް އަމާން އޮމާން ކޮށް ކަމަށެވެ.
މުޅި ރާއްޖޭގެ ހުރިހައި ސަރަހައްދެއްގައި ވޯޓުލުމުގެ ކަންކަން ކުރިއަށް ދާގޮތުން މިހާތަނަކަށް އެއްވެސް މައްސަލައެއް ޖެހިފައި ނުވާކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވަނީ ވޯޓު ލުމަށް ވަޑައިގަންނަވާއިރޔު ވޯޓު ލެއްވުމަށްޓަކައި ގެންނަން ޖެހޭ ތަކެތި ގެނައުމަށާއި، ވޯޓު ލުމުގެ ސަރަހައްދު ގައި އެއްވެސް ރައްޔިތަކު އަދި އެނޫންވެސް ފަރާތަކުން ހަމަނުޖެހުމަށް މަގުފަހިވާ ޒާތުގެ ކަމެއް ނުކުރުމަށް ގޮވާލައްވާފަ އެވެ.
މި އިންތިޙާބުގައި ރާއްޖެ ނޫން އެހެން އެއްވެސް ސަރަހައްދެއްގައި ވޯޓު ފޮށި ބަހައްޓާފައެއް ނުވެ އެވެ. މިއަދު ކުރިއަށްދަނީ ލޯކަލް ކައުންސިލް އިންތިޙާބާއި، އަންހެނުންގެ ތަރައްގިއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގެ އިތުރުން ދެ އިންތިހާބެއް އެއްދުވަހެއްގައި ބޭއްވުމަށް ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި މިއަދު ވިދާޅުވީ ދޮށީ އުމުރުގެ ބޭފުޅުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ވެސް ވޯޓުލުމަށް ވަޑައިގަތުމުން އެ ފަރާތްތަކަށް އަވަސް ކޮށް ވޯޓުލުމުގެ ކަންކަން އިންތިޒާމުކޮށްދެއްވުމަށް ވޯޓު ފޮށި ސަރަހައްދުގައި ހަރަކާތްތެރިވާ ހުރިހައި ފަރާތްތަކަށް ވެސް ގޮވާލައްވާފަ އެވެ
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ޔޫއޭއީގެ އެންމެ ބޮޑު ގޭސް ޕްލާންޓަށް ގެއްލުންތަކެއް ވެއްޖެ!
9 ގަޑިއިރު ކުރިން

މިހާތަނަށް ވޯޓްލާފައިވަނީ 62 އިންސައްތަ މީހުން: އީސީ
9 ގަޑިއިރު ކުރިން

ފޭސް 2ގެ އެކަމޮޑޭޝަން ބްލޮކެއްގައި ރޯވެ ގެއްލުންތަކެއް ވެއްޖެ!
9 ގަޑިއިރު ކުރިން

ރައްޔިތުން މިއަދު މި ދެއްކީ ވަރަށް ރަނގަޅު ނަމޫނާއެއް: ޖާބިރު
10 ގަޑިއިރު ކުރިން


.gif&w=3840&q=75)