logo

މިހާތަނަށް ވޯޓްލާފައިވަނީ 62 އިންސައްތަ މީހުން: އީސީ

profile

މުޙައްމަދު ފަޟްލޫން - 04 އޭޕްރީލު 2026 - 15:23

މިހާތަނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ %62 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

https://wamco.com.mv/

އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު ހަވީރު 4:00 އާ ހަމައަށް 185,709 މީހުން ވަނީ ވޯޓުލާފައެވެ.

މިއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ %62.98 އެވެ.

ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 92,567 އަންހެނުންނާއި 93,142 ފިރިހެނުންނެވެ.

މި އިންތިޚާބުގައި ޖުމްލަ 294,876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު، އަދި ވޯޓު ނުލާ ތިބީ 109,167 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ %37.02 އެވެ.

މިއަދު ކުރިއަށްދިޔައީ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރައްޔިތުންގެ މެދުގައި ނެގޭ ހިޔާލު ހޯދުމުގެ އާންމު ވޯޓެވެ.

ވޯޓްލުން 5 ޖެހުމާއި ހަމައަށް މާލޭގައި ކުރިއަށް ގެންގޮސްފައިވާއިރު، ވޯޓްލުން ފެށި ވަގުތު ވޯޓްލާން ނިކުތް މީހުންގެ ނިސްބަތް މަދުވި ނަމަވެސް މެންދުރުފަހުން ވޯޓްލާން ނިކުތް މީހުންގެ އަދަދުވަނީ އިތުރުވެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk