
އޭޕްރިލް 5 އަދި 6 ސަރުކާރު ބަންދު

މުޙައްމަދު ފަޟްލޫން - 04 އޭޕްރީލު 2026 - 13:44
މި ހިނގާ އޭޕްރިލް މަހުގެ 5 ވަނަ ދުވަހާއި 6 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުގެ ދެންނެވުމެއްގައިވާ ގޮތުން އޭޕްރިލް 5 އަދި 6 ވަނަ ދުވަސް ސަރުކާރު ބަންދު ދެދުވަހުގެ ގޮތުގައި ހަމަޖެއްސެވީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓުލުން މިއަދު ( 4 އޭޕްރިލް 2026 ) އޮތުމާއެކު އިންތިހާބުގެ އެކިއެކި މަސައްކަތްތަކުގައި ދައުލަތުގެ މުއައްސަސާތަކާއި، ސިވިލް ސާވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުް ހަރަކާތްތެރިވާތީ، އޭޕްރިލް މަހުގެ 5 ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައިވާތީ ކަމަށެވެ. އަދި އިންތިހާބަށް ފަހުގައިވެސް އިންތިހާބާއި ގުޅުންހުރި މުހިއްމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާތީ އޭޕްރިލް 6 ވާ ހޯމަދުވަސް ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވާތީ ކަމަށް ދެންނެވުމުގައި ވިދާޅުވެފައިވެއެވެ.
މިއަދު ކުރިއަށް ދިޔަ ލޯކަލް ކައުންސިލްގެ އިންތިހާބުގައި އިލެކްޝަންސް އޮފިޝަލުންގެ ގޮތުގައި 8،000 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

އިންތިހާބުގެ ނަތީޖާއަށް އިހްތިރާމްކުރަން އެޗްއާރުސީއެމް އިން ގޮވާލައްވައިފި
14 ގަޑިއިރު ކުރިން

ސިޓީތަކުގެ މޭޔަރުގެ ގޮނޑި އެމްޑީޕީ އިން ކާމިޔާބުކޮށްފި
15 ގަޑިއިރު ކުރިން

މިހާތަނަށް ވޯޓްލާފައިވަނީ 62 އިންސައްތަ މީހުން: އީސީ
16 ގަޑިއިރު ކުރިން

ކެންދޫގައި ކުރިއަށްދިޔަ އިއާދަކުރުވަނިވި ހަކަތައިގެ މަޝްރޫއު ނިންމާލައިފި
16 ގަޑިއިރު ކުރިން


.gif&w=3840&q=75)