logo

ކެންދޫގައި ކުރިއަށްދިޔަ އިއާދަކުރުވަނިވި ހަކަތައިގެ މަޝްރޫއު ނިންމާލައިފި

profile

މުޙައްމަދު ފަޟްލޫން - 04 އޭޕްރީލު 2026 - 14:49

ބ. ކެންދޫގައި ޕޮއިސްޑް މަޝްރޫޢުގެ ދަށުން ކުރިއަށްގެންދިޔަ އިއާދަކުރަނިވި ހަކަތައިގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

https://wamco.com.mv/

މިއީ ރަށްރަށުގައި ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރު މަދުކޮށް، ތިމާވެއްޓާ ރައްޓެހި ނިޒާމުތައް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހިންގުނު މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ކެންދޫގައި ވަނީ ޒަމާނީ ސޯލާ ޕީވީ ސިސްޓަމެއް ގާއިމުކޮށްފައެވެ.

އެގޮތުން، އެ ރަށު ސްކޫލުގެ ފުރާޅާއި ބަނދަރު ސަރަހައްދު ހިމެނޭހެން ޖުމްލަ 249.7 ކިލޯވޮޓުގެ ސޯލާ ޕެނަލް ވަނީ ހަރުކޮށްފައެވެ.

ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި ބަދަލާއެކު އެ ރަށަށް ބޭނުންވާ ކަރަންޓުގެ ބޮޑު ބައެއް އިރުގެ އަލިން އުފެއްދުމުގެ ފުރުސަތު މަގުފަހިވެގެންދާނެއެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ފެނަކައިން ކުރިއަށްގެންގޮސްފައިވަނީ ކަނޑައެޅިފައިވާ ފެންވަރުގެ މިންގަނޑުތަކާ އެއްގޮތަށް، ރަށުގެ އެކި ސަރަހައްދުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުންކޮށްގެންނެވެ.

މި ނިޒާމުގެ ސަބަބުން އިންޖީނުގެއިން އަންދާ ޑީސަލްގެ މިންވަރު ބޮޑުތަނުން މަދުވެ، ކަރަންޓު އުފެއްދުމަށް ކުރަންޖެހޭ ހޭދަ ކުޑަވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk