
އިންތިހާބުގެ ނަތީޖާއަށް އިހްތިރާމްކުރަން އެޗްއާރުސީއެމް އިން ގޮވާލައްވައިފި

މުޙައްމަދު ފަޟްލޫން - 04 އޭޕްރީލު 2026 - 17:23
މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ނަތީޖާއަށް އިހްތިރާމްކުރަން އެޗްއާރުސީއެމް އިން ގޮވާލައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެޗްއާރުސީއެމް އިން ބުނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ވޯޓު ގުނުމުގެ މަސައްކަތްތައް މިވަގުތު ކުރިއަށް ދާއިރު، ދިމިޤްރާޠީ އުޞޫލުން ރައްޔިތުން ބައިވެރިވެ ނިންމި ނިންމުން ބަލައިގަތުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
އިންތިހާބުގެ ނަތީޖާއަށް އިހްތިރާމްކޮށް ދެބަސްވުންއޮތް ކަމެއްގައިވެސް އަމާންކަމާއި ސުލްހަވެރިކަން އިސްކޮށް ގާނޫނުގެ ވެރިކަމުގެ ތަރަހައިގެ ތެރެއިން ޙައްލުތައް ހޯއްދެވުމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.
މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓްގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ ވޯޓް ދީފައިވެއެވެ.
މިއަދު ހަވީރު 4 ޖެހުމާއި ހަމައަށް ވޯޓްލީ މީހުންގެ ނިސްބަތަށް ބަލާއިރު، 1،85709 މީހުން ވޯޓްލާފައިވެއެވެ.
މިއީ ވޯޓް ލުމުގެ ހައްްގު ލިބިގެންވާ މީހުންގެ 62.98 އިންސައްތައެވެ.
މިއަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި 294،876 މީހުންނަށް ލިބިގެންވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.






.gif&w=3840&q=75)