logo
މިއަދު ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާ: ފޮޓޯ / އެމްވީ ކްރައިސަސް

މިއަދު ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާ: ފޮޓޯ / އެމްވީ ކްރައިސަސް

ފޭސް 2 ގެ އެކަމޮޑޭޝަން ބްލޮކެއްގައި ރޯވެ ގެއްލުންތަކެއް ވެއްޖެ!

profile

ރިޟްވާން މޫސާ - 04 އޭޕްރީލު 2026 - 15:23

ހުޅުމާލެ ފޭސް 2 ގައި ހުރި އެކަމޮޑޭޝަން ބްލޮކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

https://wamco.com.mv/

މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 17:21 ގައި ކަމަށް މައުލޫމާތު ލިބެ އެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމުން އެސަރަހައްދަށް ގޮސް ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ. ނަމަވެސް އަލިފާ ރޯވުމުގެ ސަބަބުން ބައެއް ކަހަލަ ގެއްލުންތައް އިމާރާތައް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އަލިފާން ރޯވި މި އެކޮމަޑޭޝަން ބްލޮކަކީ ބިދޭސީން ދިރިއުޅެމުންދާ ތަނެއް ކަމަށްމައުލޫމާތު ލިބެ އެވެ. އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ތަނުގެ އެތެރޭގައި ބަޔަކު ތިބި ކަމެއް އަދި މި ހާދިސާގެ ސަބަބުން ލިބިފައި ވަނީ ކިހާވަރެއްގެ ގެއްލުންތަކެއް ކަމެއް ވެސް އަދި ސާފެއް ނުވެ އެވެ.

ރޯވެފައިވާ އަލިފާންގަނޑުގެ އިތުރަށް ފެތުރިޔަ ނުދިނުމަށްޓަކައި އެންމެ އެންޑީއެފް އިން މަސައްކަތް ކޮށްފައިވާއިރު ފޭސް 2 ގެ އެ ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ދުމުގެ އަސަރުވެސް ކޮށްފަ އެވެ.

މިއަދު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު މިފަހަކުން އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު އިތުރުވަމުން އަންނަ ކަން ފާހަގަ ކޮށްލެވެ އެވެ.

ދާދި ފަހަކުން އަލިފާނުގެ ހިތާމަވެރި ހާދިސާއެއް ހިނގައި 5 މީހަކު ވެސް މަރުވެ ފައެވެ. އދ. ދަނގެތީގައި ހިނގި މި އަލިފާނުގެ ހާދިސާގައި ބަންގުލަދޭޝް އަށް ނިސްބަތްވާ 5 މީހަކު މަރުވެފައިވާއިރު މި ހާދިސާގެ ސަބަބުން ބިދޭސީން ދިރިއުޅެމުން އައި މި އިމާރާތް ވެސް ވަނީ ބޭނުން ނުކުރެވޭވަރަށް އެއްކޮށް އަދައި ހުލިވެފަ އެވެ.

މިފަދަ ހާދިސާ ތަކުން ރައްކާތެރިވެ ތިބުމަށް އެމްއެންޑީއެފް އިން ދަނީ ތަކުރާރުކޮށް ރައްޔިތުންނަށް ނަސޭހަތްތެރިވަމުންނެވެ.

މިއަދު ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާ ވެސް ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk