logo

ޔޫއޭއީގެ އެންމެ ބޮޑު ގޭސް ޕްލާންޓަށް ގެއްލުންތަކެއް ވެއްޖެ!

profile

ރިޟްވާން މޫސާ - 04 އޭޕްރީލު 2026 - 15:23

އެކުވެރި ޢަރަބި ޢިމާރާތުގައި (ޔޫއޭއީ) ގޭސް އުފައްދާ އެންމެ ބޮޑު މަރުކަޒު ކަމުގައިވާ ޙަބްޝާން ޕްލާންޓަށް އަމާޒުކޮށް ދިން މިސައިލް ޙަމަލާއެއް ދިފާޢުކުރުމުގެ ތެރޭގައި އޭގެ ބައިތަކެއް ވެއްޓި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެކަކު މަރުވެ، އެ ޕްލާންޓަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

https://wamco.com.mv/

އަބޫ ދާބީ މީޑިއާ އޮފީހުން ބުނީ، މި ހާދިސާގައި މީހަކު މަރުވެފައިވަނީ އެ ސަރަޙައްދު ހުސްކުރުމުގެ ތެރޭގައި ކަމަށާއި، އެއީ މިޞްރުގެ ރައްޔިތެއް ކަމުގައެވެ. މީގެ އިތުރުން މިޞްރުގެ ދެ މީހަކަށާއި ޕާކިސްތާނުގެ ދެ ރައްޔިތަކަށް ވަނީ ކުދި އަނިޔާތަކެއް ވެފައެވެ.

މިއީ، އެމެރިކާއިން މެދުއިރުމަތީގެ ހަނގުރާމަ ފެށި ފަހުން ޔޫއޭއީއަށް އަމާޒުކޮށް އީރާނުން ދީފައިވާ އެންމެ ވަރުގަދަ ޙަމަލާތައް ކަމުގައި ވެސް އަބޫ ދާބީ މީޑިއާ އޮފީހުން ހާމަކުރިއެވެ.

ޔޫއޭއީން ބުނީ، ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި އީރާނުން އެ ޤައުމަށް އަމާޒުކޮށް ގިނަ އަދަދެއްގެ ޙަމަލާތަކެއް ދީފައިވާ ކަމުގައެވެ. މި ގޮތުން، ޙަމަލާތަކުގައި 18 ބެލިސްޓިކް މިސައިލާއި، ހަތަރު ކްރޫޒް މިސައިލް އަދި 47 ޑްރޯން ބޭނުންކޮށްފައިވާ ކަމުގައި ވެސް ޔޫއޭއީން ބުންޏެވެ.

މި ނުރައްކާތެރި ޙާލަތާ ގުޅިގެން، ގަލްފް ކޯޕަރޭޝަން ކައުންސިލްގެ (ޖީސީސީ) ސެކްރެޓަރީ ޖެނެރަލް ޖާސިމް އަލް-ބައްދާވީ ވަނީ، އީރާނުގެ ޙަމަލާތައް ހުއްޓުވުމުގެ ގޮތުން "އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް" އަޅައިދިނުމަށާއި، ކަނޑު ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެކުވެރި ދައުލަތްތަކުގެ (އދ) ސަލާމަތީ މަޖިލީހަށް ގޮވައިލައްވާފައެވެ.

މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް ވެސް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފަ އެވެ.

އެންމެ ބޮޑު ހީނަރުކަމެއް އަތުވެފައި ވަނީ ދުނިޔޭގެ ތެލުގެ ބާޒާރަށެވެ. އެހެން ކަމުން އެކި ގައުމު ތަކުން ވެސް ދަނީ ހަނގުރާމަ އާއި ގުޅިގެން އިގްތިސާދީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން ވަރަށްގިނަ ކަންކަން ފަށާފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk