
ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުﷲ ޖާބިރު އަސްލު ޓީވީ އަށް އިންޓަރވިއު ދެއްވަނީ: ފޮޓޯ ރިލްވާން / އަސްލުޓީވީ
ރައްޔިތުން މިއަދު މި ދެއްކީ ވަރަށް ރަނގަޅު ނަމޫނާއެއް: ޖާބިރު

ރިޟްވާން މޫސާ - 04 އޭޕްރީލު 2026 - 14:49
ރައްޔިތުން މިއަދު މި ދެއްކީ ވަރަށް ރީތި ނަމޫނާ އެއް ކަމަަށާއި، ވޯޓު ލުމުގައި ގިނަ ބަޔަކު މިއަދު ބައިވެރިވީތީ އުފާ ކުރައްވާ ކަމަށް ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބުުދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ
ލޯކަލް ކައުންސިލް އިންތިޙާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޙާބު އިތުރުން ރައްޔިތުންގެ މަޖިލިސް އިންތިޙާބާއި، ރައީސުލް ޖުމްހޫރިއްޔާ އަކު ހޮވުމަށް ބާއްވާ އިންތިޙާބުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުނެގުން ކުރިއަށް ގެންގޮސްފައިވެ އެވެ.
ސީއެޗްއެސްސީ މަރުކަޒުގައި ވޯޓުލުމުގެ ކަންކަން ކުރިއަށް ދިޔަ ވަގުތު "އަސްލު ޓީވީ" އަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ޖާބިރު ވިދާޅުވީ މިއަދު ރައްޔިތުންގެ ކިބައިން ހަގީގަތުގައިވެސް ފެނިގެން ދިޔައީ އެކުވެރިކަމާއި އުސޫލު ދެމެހެއްޓުމުގެ ކަންކަން ކަމަށެވެ.
އިންތިހާބު އޮންނަ ދުވަހުގައި ހަމަނުޖެހުން އުފެއްދުމާއި، ވޯޓު އޮޅުވާލުމުގެ ވާހަކަ އަކީ މާޒީވެ ގޮސްފައިވާ މާ ކުރީގެ ވާހަކަތަކެއްކަން ފާހަގަ ކުރައްވަމުން ޖާބިރު ވިދާޅުވީ މިއަދުގެ އިންތިޙާބުގައި މިފަދަ އެއްވެސް އަމަލެއް ހިނގާފައި ނުވާތީ އެކަމާ އުފާ ކުރައްވާ ކަމަށެވެ.
މިއަދުގެ ވޯޓުލުން ހެންދުނު 8 ޖެހި އިރު ފަށާފައިވާއިރު ވޯޓުލުން ހުރިހައި މަރުކަޒުތަކެއްގައިވެސް ބަންދުކޮށްފައި ވަނީ ހަވީރު 5 ޖެހިއިރު އެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ޖުމްލަ 294,876 މީހުންނަށް ލިބިގެންވެއެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ޔޫއޭއީގެ އެންމެ ބޮޑު ގޭސް ޕްލާންޓަށް ގެއްލުންތަކެއް ވެއްޖެ!
16 ގަޑިއިރު ކުރިން

ފޭސް 2ގެ އެކަމޮޑޭޝަން ބްލޮކެއްގައި ރޯވެ ގެއްލުންތަކެއް ވެއްޖެ!
16 ގަޑިއިރު ކުރިން

ޑޮލަރުގެ އާމްދަނީން ސުކޫކު ދައްކަން އެހީތެރިކަން ލިބުނު: އެމްއެމްއޭ
ދުވަހެއް ކުރިން

އިންތިޙާބު ކުރިއަށްދަނީ ވަރަށް ހިތްހަމަ ޖެހޭ ގޮތަކަށް: ރައީސް ނަޝީދު
ދުވަހެއް ކުރިން


.gif&w=3840&q=75)