logo

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކެޓަގަރީން ފްލެޓަށް ކުރިމަތިލާއިރު އެންސްޕާ ކާޑު ބޭނުން ކުރެވޭނެ: ހައުސިންގ މިނިސްޓްރީ

profile

މުޙައްމަދު ފަޟްލޫން - 10 އޭޕްރީލު 2026 - 13:38

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްފައިވާ ކެޓަގަރީން ފްލެޓަށް ކުރިމަތިލާއިރު، އެ މީހަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން ކަށަވަރުކުރުމަށް އެންސްޕާއިން ދޫކޮށްފައިވާ ކާޑު ހުށަހެޅޭނެކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

https://wamco.com.mv/

އެންސްޕާގައި ރަޖިސްޓްރީވެފައިވާކަން އަންގައިދޭ ކާޑު ފޯމާއެކު ހުށަހެޅޭނެ ކަމަށާއި، އެކަމަށްޓަކައި އެންސްޕާގެ ވަކި ހާއްސަ ލިޔުމެއް ހޯދަން ނުޖެހޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ ފުރުސަތުތައް ފަސޭހަކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ.

މި ސަރުކާރުން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޯހިޔާވަހިކަން ހޯދުމުގައި ލުއިތަކެއް ދީފައެވެ.

އާންމު އުސޫލުން މާލެ ސަރަހައްދުގައި މެދުނުކެނޑި 15 އަހަރު ދިރިއުޅެފައިވާ މީހުންނަށް ޝަރުތު ހަމަވާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މި މުއްދަތު ވަނީ ފަސް އަހަރަށް ކުޑަކޮށްފައެވެ. މީގެ އިތުރުން، ފަރުވާ ހޯދުމަށް މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތަކަށް ވެސް މި ކެޓަގަރީން ފޯމު ހުށަހެޅޭނެއެވެ.

ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހާއްސަ އިސްކަންދޭ މި ކެޓަގަރީން ފްލެޓަށް އެދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 11:59 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk