logo

ގާދިއްފުށި ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 10 އޭޕްރީލު 2026 - 13:37

ތ ގާދިއްފުށީގެ ބިން ހިއްކަން ފަށައިފިއެވެ.

https://wamco.com.mv/

ރައީސް ޑރ މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާދިއްފުށީގެ ބިން ހިއްކަން މިއަދު ފަށާފައިވާ ކަމަށެވެ.

ރައީސްގެ ޕޯސްޓްގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ގާދިއްފުށީގެ ބިން ހިއްކާ ނިންމާލެވޭނެއެވެ.

ގާދިއްފުށީގެ ބިމަށް 11 ހެކްޓަރު ބިން ހިއްކާ ނިމުމުން އިތުރުވެގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން 704 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓަކާއި، 100 މީޓަރުގެ ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައިވެއެވެ.

ގާދިއްފުށި ބިން ހިއްކުމުގެ މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 110.05 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ގާދިއްފުށި ބިން ހިއްކުމުގައި ބޭނުންކުރަނީ ފިލިޕޯ ބްރުނެލެސްކީ ޑްރެޖަރެކެވެ.

މި ޑްރެޖަރަކީ އެއްފަހަރާ 11،500 ކިއުބިކް މީޓަރުގެ ވެލި އެޅުމުގެ ގާބިލްކަން ލިބިފައިވާ ޑްރެޖަރެކެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ގާދިއްފުއްޓަށް ވަޑައިގެންނެވި ދަތުރުގައި ރަށުގެ ތަރައްގީ އާއި ގުޅުން ހުރި މުހިއްމު މަޝްރޫއުތަކެއް ވަނީ ފައްޓަވާދެއްވާފައެވެ. އެގޮތުން ރަށުގެ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުން ހިމެނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk