logo

ނަފްސަށް އަނިޔާވެރިވުމަކީ މާތް ﷲ ހަރާމްކުރައްވާފައިވާ ކަންކަމަށް އަރައިގަނެ ފާފަވެރި އަމަލުތައްކުރުން: ހުކުރު ހުތުބާ

profile

މުޙައްމަދު ފަޟްލޫން - 10 އޭޕްރީލު 2026 - 10:09

ނަފްސަށް އަނިޔާވެރިވުމަކީ މާތް ﷲ ހަރާމްކުރައްވާފައިވާ ކަންކަމަށް އަރައިގަނެ ފާފަވެރި އަމަލުތައްކުރުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

https://wamco.com.mv/

ހުތުބާގައި ބުނީ ކޮންމެ ވަގުތެއްގައިވެސް އަދި ކޮންމެ ޒަމާނެއްގައިވެސް ފާފަތަކަށް އަރައިގަތުމަކީ މާތް ﷲ ގެ ކޯފާ ހައްގު ވާނެ ކަމެއް ކަމަށެވެ. ވަކިން ހާއްސަކޮށް ހުރުމަތްތެރިވެގެންވާ މައްސަރެއްގައި އެފަދަ ކަމެއް ކުރުމަކީ ނުބައިކަން ބޮޑުވެގެންވާ އަމަލެކެވެ.

ނަފްސަށް އަނިޔާވެރިވުން ފަދަ އަމަލުތަކަކީ ﷲ އަށް އުރެދުމާ އެކު އެކަލާނގެ ހާއްސަކުރައްވައި މަތިވެރިކުރައްވައި ހުރުމަތްތެރިކުރައްވާފައިވާ ކަންކަމުގެ ހުރުމަތް ކަނޑައި އެކަންކަމަށް އިހާނާތްތެރިކޮށް ހިތުމެވެ.

ހުރުމަތްތެރިކުރެވިގެންވާ މައްކާގެ ހަރަމުގައި ފާފައަކަށް އަރައިގަތުމުގެ ނުބައިކަން ބަޔާން ކުރައްވައި މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ އަދި އެތާނގައި އަނިޔާވެރިކަމާއެކު ދީނާ ހިލާފު ގޮތްތައް އުފައްދަން އުޅޭ މީހާ އަށް ތިމަންރަސްކަލާނގެ ވޭންދެނިވި އަޒާބުން ރަހަދައްކަވާ ހުށީމެވެ. ހަމައެފަދައިން ހުރުމަތްތެރި މައްސަރުތަކުގައި ކުރެވޭ ފާފަތަކުގެ ނުބައިކަންވެސް ބޮޑުވެގެންވެއެވެ.

ބަރަކާތްތެރިވެގެންވާ ހައްޖު މަސް ފަދަ މާތް މައްސަރު އަންނަ އިރު އެ މައްސަރުގެ މާތް ކަމަށްޓަކައި ގިނަ ގިނައިން ﷲ ހަނދުމަކޮށް ޒިކުރުކޮށް ދުޢާކޮށް ކީރިތި ގުރުއާން ކިޔަވައި ތަސްބީހަ އާއި ތަހުމީދާއި ތަކްބީރު ކިޔުން ފަދަ އަޅުކަންތައް ގިނަކުރަން ހުތުބާގައި ވަނީ ގޮވާލައްވާފައެވެ.

މާތް ﷲ މަތިވެރި ކުރައްވާފައިވާ މައްސަރުތަކުގެ ފައިދާ ހާސިލްކޮށް އެކަލާނގެ އަށް ފުރިހަމައަށް އީމާންވުމަށް ހުތުބާގައި އިލްތިމާސްކޮށްފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk