
ޑިޕްރެޝަން ތަހައްމަލުކުރާ މީހުން ރާއްޖޭގައި ނިސްބަތުން ގިނަ: ހެލްތު މިނިސްޓްރީ

މުޙައްމަދު ފަޟްލޫން - 09 އޮކްޓޯބަރު 2026 - 12:21
ނަފްސާނީ ބަލިތަކުގެ ތެރޭގައި ހިމެނޭ މާޔޫސްވުން ނުވަތަ ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރަމުންދާ މީހުން ރާއްޖޭގައި އާއްމުކޮށް ގިނަ ކަމަށް މިނިސްޓްރީ އޮފް ހެލްތުން ހާމަކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ފާހަގަކުރި ގޮތުގައި، 2020 އިން 2021 އަށް ކުރިއަށްގެންދިޔަ ސްޓެޕް ސާވޭ ގެ ނަތީޖާއިން ދައްކަނީ ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަންގެ އުނދަގޫތައް ތަހައްމަލުކުރަމުންދާ ކަމެވެ.
ދުނިޔޭގެ ނިސްބަތަށް ބަލާއިރު، 2023 ވަނަ އަހަރާ ހަމައަށް ކޮންމެ ހަތް މީހަކުން އެކަކު ނަފްސާނީ ބައްޔެއް ތަހައްމަލުކުރަމުންދާއިރު، މުޖުތަމައުގައި މިފަދަ ކަންކަމާމެދު ދެކޭ ނުރަނގަޅު ވިސްނުންތަކުގެ ސަބަބުން އެހީތެރިކަން ހޯދުމަށް ގިނަ ބަޔަކު ފަސްޖެހޭކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ރާއްޖޭގައި ނަފްސާނީ ސިއްހަތުގެ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި، އަތޮޅުތެރޭގައި ސައިކޭޓްރިސްޓުންގެ ހިދުމަތް ސަރުކާރުން އިތުރުކުރަމުން އަންނައިރު، ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް 50 އެނދުގެ ޒަމާނީ ސައިކިއޭޓްރިކް އަދި މެންޓަލް ހެލްތު ހޮސްޕިޓަލެއް ހުޅުމާލޭގައި ގާއިމުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ބާރަށް ކުރިއަށެވެ.
ގުޅުން ހުރި ޙަބަރުތައް

“ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް” ކޯހުގެ ތިން ވަނަ ބެޗް ދަސްވެނިވެއްޖެ
ގަޑިއިރެއް ކުރިން
.webp&w=3840&q=75)
މެލޭޝިޔާ އެކްސިޑެންޓާއި ގުޅިގެން ޑްރައިވަރުގެ މައްޗަށް 3 ދައުވާ އުފުލައިފި
ގަޑިއިރެއް ކުރިން

ރަސްމާލެއިން 500 ހެކްޓަރުގެ ބިން އީގަލްސް ހިލްސްއަށް ދިނުމާ ދެކޮޅަށް މުޅި ޤައުމު އެކީ ތެދުވަންޖެހޭ!
ގަޑިއިރެއް ކުރިން

މަގުމަތީގެ ރައްކާތެރިކަމަށް މާލެ ސަރަހައްދުގައި ޚާއްޞަ ޓްރެފިކް އޮޕަރޭޝަނެއް!
4 ގަޑިއިރު ކުރިން


