logo

“ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް” ކޯހުގެ ތިން ވަނަ ބެޗް ދަސްވެނިވެއްޖެ

profile

އާމިނަތު ޝަޒްލާ - 09 އޮކްޓޯބަރު 2026 - 12:24

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ކުރިއަށްގެންދިޔަ “ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ” ޕްރޮގްރާމްގެ ތިންވަނަ ބެޗް ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ މާފުށީ ޖަލުގައި ކުލަގަދަކޮށް ބާއްވައިފިއެވެ.

https://wamco.com.mv/

ރޭ ބޭއްވި މި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، ޢަލީ އިޙުސާންއެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އުސްތާޛް އަޙްމަދު ސިއްދީޤާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞޮބާޙްގެ އިތުރުން ޖަލުތަކުގެ ޑައިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުން އަދި ދަޢުވަތު އެރުވުނު ޢިއްޒަތްތެރި މެހެމާނުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޖުމްލަ 33 ބައިވެރިންނާއެކު ފެށި މި ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއެކު 32 ބައިވެރިން ވަނީ ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި ކުރިން އިންޑަކްޝަން ޓްރޭނިންގ ހަދާފައިވާ ތިން އޮފިސަރަކު ވެސް ހިމެނެއެވެ.

މި ކޯހަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ އަލަށް ގުޅޭ އޮފިސަރުން ކޮންމެހެން ފުރިހަމަކުރަންޖެހޭ އަސާސީ ތަމްރީނެކެވެ. މި ތަމްރީނުގެ މައިގަނޑު މަޤްޞަދަކީ ޖަލު އޮފިސަރުން އަދާކުރަންޖެހޭ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް އުނގަންނައިދިނުމާއި، އެ މަސައްކަތަށް ބޭނުންވާ މުހިންމު ހުނަރުތައް ތަރައްޤީކޮށް ހަރުދަނާކުރުމެވެ.

މީގެ އިތުރުން، ޖަލުގައި ބަންދުކުރެވޭ ޤައިދީން އިޞްލާޙުކޮށް، އަނބުރާ މުޖުތަމަޢަށް ނުކުތުމަށް މަގުފަހިކޮށްދިނުމުގައި ޕްރިޒަން އޮފިސަރުން އަދާކުރާ ދައުރުގެ މުހިންމުކަން އޮޅުންފިލުވައިދިނުމުގެ ގޮތުން، ތާރީޚުގައި ފުރަތަމަ ފަހަރަށް މި ކޯހުގައި ވަނީ “އިންޓްރޮޑަކްޝަން ޓު ރިހެބިލިޓޭޝަން” މޮޑިއުލެއް ހިމަނައިގެން ކިޔަވައިދީފައެވެ.

ރޭގެ ރަސްމިއްޔާތުގައި، ކޯސް ފުރިހަމަކުރި ހުރިހާ ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވެއެވެ. އަދި ކޯހުން ހަޔަރ ޑިސްޓިންކްޝަން ހޯދި ދަރިވަރުންނަށާއި، އެކި ވަނަތައް ޙާޞިލްކުރި މޮޅެތި ދަރިވަރުންގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް މެޑެއްޔާއި ޕްލާކް ވަނީ އަރުވާފައެވެ.

https://wamco.com.mv/
tel:+9607331319