
ޕީއެސްއައިޕީއަށް ދައުލަތުގެ ބަޖެޓުން ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވޭ

ރިޟްވާން މޫސާ - 10 އޭޕްރީލު 2026 - 12:03
ޕަބްލިކް ސެކްޓަރ އިންވެސްޓުމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީއަށް ދައުލަތުގެ ބަޖެޓުން ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއަހަރު ޕަބްލިކް ސެކްޓަރ އިންވެސްޓުމަންޓް ޕްރޮގްރާމްގެ މަޝްރޫޢުތަކަށް ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ، 8.3 ބިލިޔަން ރުފިޔާއެވެ. އޭގެ ތެރެއިން މި ހިނގާ އެޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ޚަރަދު ކޮށްފައިވަނީ، 1.1 ބިލިޔަން ރުފިޔާއެވެ.
މިދިޔަ އަހަރުގެ މިމުއްދަތުގައި ޚަރަދުކޮށްފައިވަނީ، 951.5 މިލިޔަން ރުފިޔާއެވެ. އެހެން ކަމުން މިއީ 16.5 އިންސައްތައިގެ ކުރިއެރުމެކެވެ.
އަހަރުގެ މިހާތަނަށް ބަލާއިރު ދައުލަތުން ހިންގާ އެކި އެކި މަޝްރޫއުތަކަށް ވެސް ވަނީ ބޮޑެތި ހޭދަތައް ކޮށްފަ އެވެ. އެގޮތުން ހަމަ އެކަނި 4 ދާޢިރާ އަކަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޙަރަދުވެފައިވާ ކަންވެސް ފާހަގަކޮށްލެވެ އެވެ.
އިޤްތޞާދީ ދާއިރާއިން މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް 562.4 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް ޚަރަދުކޮށްފައިވަނީ، 496.7 މިލިޔަން ރުފިޔާއެވެ.
މި ދާއިރާގައި އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ، ދަތުރުފަތުރުގެ ދާއިރާގެ ވަސީލަތްތައް ޤާއިމްކުރުމަށެވެ. މިކަމަށް 345.3 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
ދައުލަތުގެ އާންމު ޚިދުމަތުގެ ދާއިރާއިން މިއަހަރުގެ މިހާތަނަށް 257.7 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ހޭދަ ކޮށްފައިވަނީ، 92.8 މިލިޔަން ރުފިޔާއެވެ.
ޞިއްޙީ ދާއިރާއަށް ކުރި ޚަރަދުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް، 118.9 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ހޭދަކޮށްފައިވަނީ، އެންމެ 7.1 މިލިޔަން ރުފިޔާއެވެ.
ގުޅުން ހުރި ޙަބަރުތައް
ދުނިޔޭގެ ބާޒާރުގައި އަނެއްކާވެސް ތެލުގެ އަގު އުފުލެން ފަށައިފި
19 މިނިޓު ކުރިން

" ބޮޑުތަކުރުފާނު މަގު ތަރައްގީކުރުން" ހަތަރުވަނަ ސެގްމަންޓުގެ ޝީޓް ޕައިލްކުރުމުގެ މަސައްކަތް ފަށައިފި
20 މިނިޓު ކުރިން
.jpeg&w=3840&q=75)
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކެޓަގަރީން ފްލެޓަށް ކުރިމަތިލާއިރު އެންސްޕާ ކާޑު ބޭނުން ކުރެވޭނެ: ހައުސިންގ މިނިސްޓްރީ
37 މިނިޓު ކުރިން

ގާދިއްފުށި ބިން ހިއްކުމުގެ މަސައްކަތް ފަށައިފި
38 މިނިޓު ކުރިން


.gif&w=3840&q=75)