logo
ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދާ ތެޔޮ ޓެންކަރެއް

ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދާ ތެޔޮ ޓެންކަރެއް

ދުނިޔޭގެ ބާޒާރުގައި އަނެއްކާވެސް ތެލުގެ އަގު އުފުލެން ފަށައިފި

profile

ރިޟްވާން މޫސާ - 10 އޭޕްރީލު 2026 - 13:56

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އަނެއްކާ ވެސް އުފުލެން ފަށައިފިއެވެ.'

https://wamco.com.mv/

ދުނިޔޭގެ ތެލުގެ ބާޒާރަށް އެންމެ ބޮޑު އަސަރެއްް ކުރަމުން އަންނަނީ މެދުއިރުމަތީގައި މިހާރު ފަށާފައިވާ ހަނގުރާމަ އާއި ގުޅިގެން އީރާނުން އަޅަމުން ގެންދާ ބައެއް ފިޔަވަޅުތަކުގެ ސަބަބުންނެވެ.

އީރާނުން ވަނީ އެގައުމުގެ ފުރިހަމަ ބާރު އޮންނަ ހުރުމުޒް ކަނޑު އޮޅި އެމެރިކާ އަށާއި، އެމެރިކާ އަށް ބައިއަތުހިފާ ގައުމުތަކުގެ އިތުރުން އިސްރާއީލުގެ އުޅަނދުތަކަށް ވެސް ހުރަސް ނުކުރެވޭނެހެން ބަންދުކޮށްފަ އެވެ.

މި ކަނޑު އޮޅިއަކީ މެދުއިރުމަތީގެ ތެލަށް ބަރޯސާ ވަމުން އަންނަ ގައުމުތަކުން ތެޔޮ އުފުލުމަށްޓަކައި ބޭނުންކުރާ އެންމެ މުހިންމު އެއް ދޮރޯއްޓެވެ.

މެދުއިރުމަތީގެ ހަނގުރާމަ މިދިޔަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު ފަށާފައިވާއިރު އަދިވެސް ރަސްމީ ހައިސިއްޔަތެއްގައި މި ހަނގުރާމައިގެ ހަމަލާ ބަދަލުކުރުން ހުއްޓާލާފައިވާ ކަމަށް އީރާނަކުން ހާމަކޮށްފައެއް ނުވެ އެވެ.

ހަނގުރާމައިގައި އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ހަމަލާތައް ދެމުން އަންނައިރު އީރާނުގެ ހަމަލާތައް ވަރުގަދަ ވެފައި ކާމިޔާބު ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

އީރާނުން ވަނީ ހަނގުރާމަ ހުއްޓައި ނުލާނެ ކަމަށާއި، އީރާނުން ޝަރުތުކޮށްފައިވާ ކަންކަމަށް އެމެރިކާއިން އެއްބަސްވެ ސުލްހައިގެ މަޝްވަރާތަކަށް ފަހު އީރާންގެ ސްޓޭންޑް ހާމަކުރައްވާނެ ކަމަށް ބުނެފަ އެވެ.

އީރާނާއި އެމެރިކާގެ ސުލްހައިގެ މަޝްވަރާތައް މިއަދު ބޭއްވުމަށްވެސް އީރާނުން ވަނީ ކުރިން ހާމަކޮށްފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk