logo

އިންތިޚާބުތަކުގެ ދާއިމީ ނަތީޖާ މާދަމާ އިޢުލާން ކުރަނީ

profile

ރިޟްވާން މޫސާ - 10 އޭޕްރީލު 2026 - 12:01

ލޯކަލް ކައުންސިލް އިންތިޙާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޙާބު އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ އިންތިޙާބުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާނުކުރައްވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ

https://wamco.com.mv/

ރާޢްޖޭގެ ތާރީހުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއް އިންތިހާބު ބާއްވާފައި ވަނީ މިމަހުގެ 4 ވަނަ ދުވަހުގަ އެވެ. ނަމަވެސް މިފަހަރު ބޭއްވި 3 އިންތިޙާބުން ކުރެ އެއްވެސް އިންތިޙާބެއްގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށިތައް ބަހައްޓާފައި ނުވާކަން ފާހަގަކޮށްލެވެ އެވެ.

އިންތިހާބުތަކުގެ ވަގުތީ ނަތީޖާތައް މިހާރު ވަނީ އިލެކްޝަން ކޮމިޝަނުގެ ވެބްސައިޓުގައި ގެނެސްދީފަ އެވެ. ވަގުތީ ނަތީޖާ އާއި ދާއިމީ ނަތީޖާ އާމެދު މާބޮޑެތި ތަފާތުތަކެއް ނުހުންނާނެ އެވެ.

މި ފަހަރުގެ އިންތިހާބުތަކުން މުޅި ރާޢްޖޭގެ މެޖޯރިޓީ ހޯދާފައިވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ކަން ފާހަގަކޮށްލެވެ އެވެ.

އެގޮތުން އެމްޑީޕީން ވަނީ މި އިންތިޙާބުގައި ރާއްޖޭގެ ހުރިހައި ސިޓީތަކެއްގެ މޭޔަރު ކަމުގެ ގޮނޑި ކާމިޔާބުވެސް ކުރައްވާފަ އެވެ. އަދި ރަށްރަށުގެ ރަށު ކައުންސިލް ތަކުގެ ގޮނޑި އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ގޮނޑި ތަކުގަވެސް ބޮޑު އިންސައްތައެއް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީން ކަން ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުން މިފަހަރު ބޭއްވި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ އިންތިޙާބުވެސް އެމްޑީޕީން ކެމްޕެއިން ކޮށްފައިވާ ގޮތައް ވަނީ މެޖޯރިޓީ ރައްޔިތުން ނުފެންނަ ކަމަށް ބުނެފަ އެވެ.

މިފަހަރު އިންތިޚާބަކީ ކައުންސިލް އިންތިޚާބެއްގައި އެންމެ ގިނަ މީހުން ވޯޓުލި އިންތިޚާބު ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ. އެގޮތުން މި ފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު 294،876 މީހުންނަށް ލިބިގެންދިޔައެވެ. އޭގެ ތެރެއިން %73 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ.

މިފަހަރުގެ އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވޯޓްލާފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk