logo

ދޯނީގައި ރޯވި އަލިފާން ކޮންޓްރޯލް ކުރަން އުޅުނު މީހަކު ވެންޓިލޭޓަރުގައި!

profile

ރިޟްވާން މޫސާ - 10 އޭޕްރީލު 2026 - 12:04

ފ. ފީއަލީ ބަނދަރުގައި އޮތް ދޯނީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރަން އުޅުނު މީހަކު ފިހިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު މިވަގުތު އެމީހާގެ ހާލު ދެރަވެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި އެވެ

https://wamco.com.mv/

މި ހާދިސާ އާއި ބެހޭގޮތުން ފ.ފީއަލީން "އަސްލު" އަށް މައުލޫމާތު ދެއްވި މީހަކު ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު 10:00 ހާއިރު ކަމަށެވެ.

ދޯނީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވިގެން ގޮސް ހަތަރު ދޯންޏެއްގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަދައި ހުލިވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

މި ހާދިސާ ގައި އަލިފާން ނިއްވާލުމަށް ފީއަލީގެ ގިނަ އަދަދެއްގެ ރައްޔިތުން ހަރަކާތްތެރިވެފައިވާއިރު ފުލުހުން ނާއި ސިފައިން ވެސް ވަނީ އަލިފާން ގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ.

މި ހާދިސާގައި ދެމީހަކަށް އަނިޔާވެގެން ފަރުވާދީފައި ވާއިރު އެކަކު ނިސްބަތް ވަނީ ބަންގުލަދޭޝް އަށެވެ. އަނެއް މީހާ ނިސްބަތްވެފައި ވަނީ ފ. ފީއަލި އަށެވެ.

އަނިޔާވި ބަނގުލަދޭޝް މީހާ ވަނީ 80 ޕަސެންޓް ފިހިފައި ކަމަށް "އަސްލު" އަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އެ މީހާ އަށް މިވަގުތު ދަނީ ވެންޓިލޭޓަރުގައި ފަރުވާދެމުން ކަމަށާއި، އެމީހާގެ ހާލު ގޯސް ވަމުން އަންނަ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ދާދި ފަހަކުން ވަނީ އދ. ދަނގެތީގައި ވެސް އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައި ބަނދުލަދޭޝް އަށް ނިސްބަތްވާ 5 މީހަކު ނިޔާވެފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk