
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ޝިހާބު
ދެއިންތިހާބު އެއްދުވަހެއްގައި ބާއްވައިގެން ރައްޔިތުން އަތުން ބާރުތަކެއް ނުގެއްލޭނެ: ޝިހާބް

މުޙައްމަދު ފަޟްލޫން - 12 މާރިޗު 2026 - 08:06
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމުން ސިޔާސީ ޕާޓީތަކަށް ކުރިއެރުން ލިބޭނެ ކަމަށާއި، އެއީ ރައްޔިތުންގެ ބާރުތައް ގެއްލިގެންދާނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ޝިހާބު ވިދާޅުވެއްޖެއެވެ.
އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް، ރާއްޖޭގެ މައި ދެ އިންތިހާބު އެއް ދުވަހަކު ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ތައްޔާރީތައް ވަމުންދާއިރު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ޝިހާބު ވަނީ މިކަމަށް ތާއީދުކުރައްވާ ވާހަކަދައްކަވާފައެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން، މަޖިލީހުގައި 25 އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ ޝިހާބު ވިދާޅުވީ، ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ގާތްގާތުގައި އިންތިޚާބުތައް ބޭއްވުމަކީ އެންމެ އެކަށީގެންވާ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ޝިހާބު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހަކު ބޭއްވުމަކީ ސިޔާސީ ޕާޓީތަކަށް ވެސް އޭގެ ފައިދާ ކުރާނެ ކަމެކެވެ. އަދި މިގޮތަށް އިންތިހާބު ބޭއްވުމުން ރައްޔިތުންނަށް ލިބިދީފައިވާ ބާރުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
އިންތިހާބުތައް ވަކިވަކިން ބޭއްވުމުން ކެންޑިޑޭޓުންނަށާއި ޕާޓީތަކަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުވާކަން ފާހަގަކުރައްވައި، އެއް ދުވަހެއްގައި އިންތިޚާބުތައް ބޭއްވުމަކީ ޚަރަދު ކުޑަވެފައި، އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް ލިބޭނެ ލުޔެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްދުވަހެއްގައި ބާއްވަން ގާނޫނަށް އިސްލާހު ހުށަހަޅައި އެއިސްލާހު މަޖިލީހުން ފާސްކުރި ނަމަވެސް ތަސްދީގު ކުރެވޭނީ ރައްޔިތުން އެކަމަށް އިޖާބަދިނުމުންނެވެ. އެހެންކަމުން އިންތިހާބުތައް އެއްކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ނިންމާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އެންޓި-ކެމްޕެއިން ނުކުރުމަށާއި އަބުރަށް އަރައިނުގަތުމަށް އީސީއިން އިލްތިމާސްކޮށްފި
8 ގަޑިއިރު ކުރިން

ވަޒީފާގެ ޤާނޫނަށް ގެނައި އިސްލާހުގެ ސަބަބުން މައިންގެ ދުޅަހެޔޮކަމަށް މަގުފަހިވާނެ: މެޑަމް ސާޖިދާ
8 ގަޑިއިރު ކުރިން

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ ޒިޔަތު
10 ގަޑިއިރު ކުރިން

ސަނީ އުމަރަށް 44 އަހަރުގެ ޖަލު ހުކުމެއް އަންނަ ދައުވާތަކެއް
10 ގަޑިއިރު ކުރިން


.gif&w=3840&q=75)