logo

އެންޓި-ކެމްޕެއިން ނުކުރުމަށާއި އަބުރަށް އަރައިނުގަތުމަށް އީސީއިން އިލްތިމާސްކޮށްފި

profile

ޝަހްޒާ މުޙައްމަދު - 16 މާރިޗު 2026 - 20:09

ކުރިއަށް އޮތް އިންތިޚާބުތަކާއި ގުޅިގެން ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރާއިރު، އެއްވެސް މީހެއްގެ އަބުރަށް އުނިކަމެއް އަތުވެދާނެ ފަދަ ކަންކަން ނުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

https://wamco.com.mv/

އިލެކްޝަންސް ކޮމިޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި އަޚުލާގީ މިންގަނޑުތަކަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ. ވަކިން ހާއްސަކޮށް، އެއްވެސް ފަރާތެއްގެ އިންސާނީ ކަރާމާތާއި އަބުރަށް އުނިކަން ލިބޭނެ ފަދަ އަމަލުތަކުން ދުރުހެލިވުމަށް އެ ކޮމިޝަނުން ވަނީ ބާރުއަޅާފައެވެ.

"ކެމްޕެއިން ކުރަމާ! އެންޓި-ކެމްޕެއިން ނުކުރަމާ!" ޝިއާރަަށް ބާރު އަޅާ، އީސީއިން އެދިފައިފައިވަނީ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކޮށްގެން ކެމްޕެއިން ކުރުމަކީ މައްސަލައެއް ނޫން ނަމަވެސް، އިދިކޮޅު ކެންޑިޑޭޓުންގެ އަބުރު ގެއްލޭގޮތަށް ދޮގު މައުލޫމާތު ފެތުރުން ފަދަ އެންޓި-ކެމްޕެއިންގެ އަމަލުތައް ނުހިންގުމަށެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުންވެސް ކެމްޕެއިން ކުރުމުގައި ވަކި ހަމަތަކަކާއި އުސޫލުތަކެއް ކަނޑައެޅިފައިވެއެވެ. މިގޮތުން އެހެން ކެންޑިޑޭޓުންނާއި މެދު ދޮގު މައުލޫމާތު ފެތުރުމަކީ މަނާކަމެކެވެ. އިލެކްޝަންސް ކޮމިޝަނުން މިފަދަ އިރުޝާދެއް ދީފައި މިވަނީ އަންނަމަހު 4 ގައި އޮންނަ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ފޯރި ގަދަވެ، ކެމްޕެއިން ހަރަކާތްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk