
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ ޒިޔަތު

ޝަހްޒާ މުޙައްމަދު - 16 މާރިޗު 2026 - 17:52
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑެޕިއުޓީ ސީއީއޯއަކަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ކުރީގެ ސީއީއޯ އިބްރާހީމް ޒިޔަތު މިއަދު އައްޔަންކޮށްފިއެވެ.
އެމްޕީއެލްއިން ވަނީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ޒިޔަތު އައްޔަންކުރުމުން މަރުޙަބާ ދަންނަވާފައެވެ.
ޒިޔަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އެމްޓީސީސީގެ ސީއީއޯގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ކުރީގެ އޮޑިޓަރާ ޖެނެރަލް ހަސަން ޒިޔަތާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އެއްބަނޑުއެއްބަފާ ބޭފުޅެކެވެ.
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގެ އިތުރުން އެ ކުންފުނީގެ ބޯޑަށް ވެސް ޒިޔަތު ވަނީ އައްޔަންކޮށްފަ އެވެ.
އެޕީއެލްގައި މިވަގުތު ޒިޔަތާ އެކު ތިން ޑެޕިއުޓީ ސީއީއޯ އިން ތިއްބަވާނެ އެވެ.
ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހައްދަވާފައިވާ ޒިޔަތު އެންމެ ގިނަ ދުވަހު އުޅުއްވީ އެސްޓީއޯގަ އެވެ. އެ ކުންފުނީގައި އޭނާ 15 އަހަރު ވަންދެން އުޅުއްވި އެވެ.
ގުޅުން ހުރި ޙަބަރުތައް

ސަނީ އުމަރަށް 44 އަހަރުގެ ޖަލު ހުކުމެއް އަންނަ ދައުވާތަކެއް
2 ގަޑިއިރު ކުރިން

މުއިއްޒަކީ ހިތްވަރުގަދަކަމާއި ހިތްހެޔޮކަމުގެ ރީތި ނަމޫނާއެއް: ރައީސް
4 ގަޑިއިރު ކުރިން

އައްޑޫގައި ތެލުގެ އަގު ހުރީ އިންތިހާއަށް ބޮޑުކޮށް: މޭޔަރު ނިޒާރު
4 ގަޑިއިރު ކުރިން

ސަރުކާރުގެ ސަމާލުކަން ހުރީ ހަމައެކަނި ސިޔާސީ ކަންކަމަށް: ރައީސް ނަޝީދު
7 ގަޑިއިރު ކުރިން


.gif&w=3840&q=75)