logo

ސަރުކާރުގެ ސަމާލުކަން ހުރީ ހަމައެކަނި ސިޔާސީ ކަންކަމަށް: ރައީސް ނަޝީދު

profile

މުޙައްމަދު ފަޟްލޫން - 16 މާރިޗު 2026 - 12:33

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ މާލީ ހާލަތު ހީނަރުވަމުންދާ މި ދަނޑިވަޅުގައި މި ސަރުކާރުގެ ސަމާލުކަން ހުރީ ހަމައެކަނި ސިޔާސީ ކަންކަމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެކްސްގައި ރައީސް ނަޝީދު ވަނީ ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ދިވެހިރާއްޖެ މިހާރު މި އޮތީ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދުނިޔޭގައި ތެލުގެ ބާޒާރުގެ އަގުތައް އުފުލެމުންދާއިރު ރާއްޖޭގައިވެސް ތެލުގެ އަގުތައް ވަނީ ބޮޑުކޮށްފައެވެ. އެގޮތުން ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ވަނީ 28 ރުފިޔާ އަށް އުފުލިފައެވެ.

ތެލުގެ އަގަށް އައި ބޮޑު ބަދަލުގެ ސަބަބުން ރާއްޖޭގެ ދަތުރުފަތުރުގެ އަގު އިންތިހާއަށް ބޮޑުވެގެން ދާނެ ކަަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސަމާލުކަން މިވަގުތު ހުރީ އިގްތިސާދީ މިފަދަ ނާޒުކު މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި އިންތިހާބީ އަދި ސިޔާސީ އެކި ކަންކަމާއި ދިމާލަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެސްޓީއޯގެ ސަބްސިޑަރީ ، އެފްއެސްއެމްގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގު އެންމެ ފުރަތަމަ ބޮޑުކޮށްފައިވަނީ މާޗް މަހުގެ 5 ވަނަ ދުވަހުއެވެ. އެ ދުވަހު 13 ރުފިޔާ އަށް ހުރި ޕެޓްރޯލް ލީޓަރެއް ވަނީ 16 ރުފިޔާ އަށް ބޮޑުކޮށްފައެވެ

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk