
ކުޑަކުދިންތަކެއް ބެލުމުގެ ދަށަށް ގެންދިޔައީ ރައްކާތެރިކަން ކަށަވަރުކުރަން: ފުލުހުން

މުޙައްމަދު ފަޟްލޫން - 16 މާރިޗު 2026 - 08:30
މާލޭގެ މަސްވެރިންގެ ޕާކުގައި ތިބި ކުޑަކުދިންތަކެއް ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އާންމު ތަނެއްގައި ކުޑަކުދިންތަކެއް އުޅޭ ކަމުގެ މައުލޫމާތު ރޭ 21:15 ހާއިރު ލިބުމާ ގުޅިގެން އެ ސަރަހައްދަށް ފުލުހުން ގޮސް، އެ ކުދިން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނަށް ގެންދިޔައީ ކަމަށެވެ. އެ ކުދިން ރޭ ވަނީ ބެލެނިވެރިންނާ ހަވާލުކުރެވިފައެވެ.
ނަމަވެސް މި ހާދިސާއާ ގުޅިގެން ކުއްޖެއްގެ ބެލެނިވެރިއަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ރޭ 21:20 އިން 22:33 އާ ދެމެދު މަސްވެރިންގެ ޕާކުގައި އިށީނދެލައިގެން ތިބި 18 އަހަރުން ދަށުގެ ކުދިންތަކެއް ފުލުހުން ޑިޓެއިން ކުރި ކަމަށެވެ.
އެ ވަގުތު ފުލުސް އޮފިސަރަކު، ބެލެނިވެރިއަކަށް ގުޅައިގެން ނުވާނެ ކަމަށް ބުނެ އިންޒާރު ދިން ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.
ބެލެނިވެރިޔާ ބުނެފައިވާ ގޮތުގައި، 21:30 އަކީ ދަންވަރުގެ ވަގުތެއް ނޫން ކަމަށާއި، ކުށްވެރިންނާ މެދު އަމަލުކުރާ އުސޫލުން ކުޑަކުދިން ގެންގުޅެ ދެ ގަޑިއިރު ވަންދެން ފުލުސް އޮފީހުގައި ބޭންދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ކަންބޮޑުވުންތަކުގައި ހަރުދަނާ ފިޔަވަޅު އެޅުމަކީ އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ސަރުކާރުގެ ސަމާލުކަން ހުރީ ހަމައެކަނި ސިޔާސީ ކަންކަމަށް: ރައީސް ނަޝީދު
31 މިނިޓު ކުރިން

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރަން އެމްޕީޢެލްއާއި ހަވާލްކޮށްފި
ގަޑިއިރެއް ކުރިން

މަސް ލިބެމުން އަންނަ މިންވަރު ނިސްބަތުން މަދުވެއްޖެ: މަސްވިއްކާ ފަރާތްތައް
4 ގަޑިއިރު ކުރިން

ބުޅާތަކަށް އަނިޔާކުރާނަމަ ހަރުކަށި ފިޔަވަޅު އަޅާނަން: ދިރޭތަކެއްޗާއި ބެހޭ ވުޒާރާ
5 ގަޑިއިރު ކުރިން


.gif&w=3840&q=75)