
މަސް ލިބެމުން އަންނަ މިންވަރު ނިސްބަތުން މަދުވެއްޖެ: މަސްވިއްކާ ފަރާތްތައް

ރިޟްވާން މޫސާ - 16 މާރިޗު 2026 - 08:53
ރޯދަމަހުގެ ފެށިގެން އައިއިރު މަހުގެ އަގު ދަށްވިނަމަވެސް ފަހު ދިހައެއްގައި މަހަށް ފުރާ މިންވަރު ދަށްވުމާއެކު މަހުގެ އަގު އުފުލިފައިވާ ކަމަށް މަސްވިއްކާ ފަރާތްތަކުން ބުނެފިއެވެ.
މާލޭގެ މަސްމާރުކޭޓަކީ އަބަދުވެސް ތާޒާ ކަމަާއެކު ކަނޑު މަހާއި، ފަރުމަސް އަދި ކަންނެލީގެ އިތުރުން ކުދިމަސް ފަދަ ބާވަތްތައް ލިބެން ހުންނަ ތަނެކެވެ.
މަސް ވިއްކާ ފަރާތްތަކުން ބުނަނީ މަހުގެ އަގު އުފުލެން ފަށާފައިވާ ކަމަށާއި، ރޯދަމަހުގެ ފަހު ދިހައެއް ވުމުން މިދުވަސްވަރަކީ އާންމުކޮށްވެސް މަސްވެރިކަމާއި އެންވެރިކަން ވެސް ދަށޤ ދުވަސް ވަރެއް ކަމަށެވެ.
އާންމުކޮށް ދިވެހިން ބޭނުންކުރާ ކަނޑުމަސް ކިލޯއެއް މަސް މާރުކޭޓުގައި ވިއްކަން ހުރީ، 35ރ. އާއި 50ރ. ދެމެދު އަގެއްގައެވެ. މިއީ ރޯދަމަހުގެ ކުރީކޮޅު 25ރ އަދި 35ރ. ދެމެދު އަގުތަކެއްގައި ލިބުނު މަހެކެވެ. ކަންނެލީގެ އަގަށްވެސް މިއަދު ބާޒާރުމަތީގެ ބަލާއިރު އާންމު އަގަށް ވުރެ ތަންކޮޅެއް ބޮޑެވެ.
މީގެ ކުރިން ރޯދަ މަސް ފެށުނު އިރު، 35ރ އިން ފެށިގެން ކަންނެލި ކިލޯއެއް ލިބޭއިރު، މިއަދު ބާޒާރު މަތީގައި ކަންނެލި ހުރީ، 50ރ. އިން މަތީގައެވެ.
ގުޅުން ހުރި ޙަބަރުތައް

ސަރުކާރުގެ ސަމާލުކަން ހުރީ ހަމައެކަނި ސިޔާސީ ކަންކަމަށް: ރައީސް ނަޝީދު
33 މިނިޓު ކުރިން

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރަން އެމްޕީޢެލްއާއި ހަވާލްކޮށްފި
ގަޑިއިރެއް ކުރިން

ބުޅާތަކަށް އަނިޔާކުރާނަމަ ހަރުކަށި ފިޔަވަޅު އަޅާނަން: ދިރޭތަކެއްޗާއި ބެހޭ ވުޒާރާ
5 ގަޑިއިރު ކުރިން

ކުޑަކުދިންތަކެއް ބެލުމުގެ ދަށަށް ގެންދިޔައީ ރައްކާތެރިކަން ކަށަވަރުކުރަން: ފުލުހުން
5 ގަޑިއިރު ކުރިން


.gif&w=3840&q=75)