logo

ބުޅާތަކަށް އަނިޔާކުރާނަމަ ހަރުކަށި ފިޔަވަޅު އަޅާނަން: ދިރޭތަކެއްޗާއި ބެހޭ ވުޒާރާ

profile

މުޙައްމަދު ފަޟްލޫން - 16 މާރިޗު 2026 - 08:32

މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަށް އަނިޔާކުރާނަމަ އެފަދަ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އެޅުމާއި އެކު ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު އެގްރިކަލްޗަރ އެންޑް އެނިމަލްވެލްފެއަރ މިނިސްޓްރީން ދީފިއެވެ.

https://wamco.com.mv/

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން އިތުރަށް ހާމަކުރި ގޮތުގައި، ޖަނަވާރުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށްޓަކައި ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާނެއެވެ.

ބުޅާތަކަށް ހާނިއްކަވާ އަދި އަނިޔާއެއް ލިބޭފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކުރަނިކޮށް ފެނިއްޖެނަމަ، ލަސްނުކޮށް އެކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަށް އާންމު ރައްޔިތުންނަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ޖަނަވާރުންނަށް އޯގާތެރިވުމަކީ އިސްލާމީ ރިވެތި އަޚްލާޤުގެ ތެރޭގައި ހިމެނޭ ކަމަކަށްވީހިނދު، މުޖުތަމައުގެ އެންމެހާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައިވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޖަނަވާރުންނަކީވެސް ވޭނާއި، ބިރާއި، ތުރާ އިހުސާސްކުރެވޭ ފުރާނަ ހުރި މަޚްލޫޤުންނަށް ވީހިނދު، އެތަކެއްޗަށް އޯގާތެރިކޮށް ހިތުމަކީ އިންސާނިއްޔަތުކަމުގެ ގޮތުންނާއި، ދީނީ ގޮތުންނާއި، ގާނޫނީ ގޮތުންވެސް ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބެއްކަން މިނިސްޓްރީން ފާހަގަކުރެއެވެ.

ދާދިފަހުން ތަޞްދީޤުކުރެވުނު "ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ގާނޫނު ގެ ދަށުން، ޖަނަވާރުންނަށް ލިބިދޭންޖެހޭ އަސާސީ ފަސް ހައްގެއް މިހާރު ވަނީ ގާނޫނީ ގޮތުން ކަށަވަރުކޮށްދީފައެވެ. އޭގެ ތެރޭގައި

އާދަވެގެން ޖަނަވާރު އުޅޭ އުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުން.

ހައިހޫނުކަމާއި ކަރުހިއްކުމުން މިންޖުވުން.

ބިރުގަތުމާއި ހާސްވުމުން މިންޖުވުން.

ޖިސްމާނީ ގޮތުން އަރާމުނުލިބުމުން މިންޖުވުން.

މި ގާނޫނުގެ 80 ވަނަ މާއްދާގެ ދަށުން، ޖަނަވާރުންނަށް އިހާނެތި އަމަލެއް ހިންގާ ފަރާތްތައް، އެ ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި 5,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ގޭގޭގައި ގެންގުޅޭ ޖަނަވާރުތައް ބެލެހެއްޓުމެއް ނެތި އާންމު ތަންތަނަށް ދޫކޮށްލާ ފަރާތްތައް 5,000 ރުފިޔާއާއި 10,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ބުޅަލެއްގެ ކަރުގައި ވާގަނޑެއް އައްސައި، ވަރަށް އިހާނަތިކޮށް ބިންމަތީގައި ދަމައިފައި ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ދާދިފަހުން މީސްމީޑިއާގައި އާއްމުވެފައިވާއިރު އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk